ނޫނު ޅޮހީގައި ފެށުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަޢުދުވެވަޑައިގެންނެވި މަޝްރޫޢުތައް ނުފެށި ލަސްވަނީ ކައުންސިލުން ބިން ހަވާލުނުކޮށްގެންތޯއޭ ވިދާޅުވެ، ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު އައްބާސް ސަރުކާރަށް ވަރުގަދަ ސުވާލުތަކެއް އަމާޒުކުރައްވައިފިއެވެ.
މެންބަރު އައްބާސް ވިދާޅުވީ، ރަށުގެ ތަރައްޤީއަށް ހުރަސްއަޅަނީ ކައުންސިލުން ކަމަށް ދޭހަވާ ގޮތަށް ވާހަކަދެކެވުނު ނަމަވެސް، ހަގީގަތަކީ ސަރުކާރުން އެ ރަށަށް އިހުމާލުވަމުންދިއުން ކަމަށެވެ.
މީގެ އިތުރުން، ކުރީގެ ސަރުކާރުން ފަށާފައިވާ ޅޮހީގެ ނަރުދަމާ ނިޒާމުގެ މަސައްކަތުގެ ބާކީ އޮތް 15 އިންސައްތަ ނުނިމި އޮތް މައްސަލައާ ގުޅޭގޮތުން ވެސް އައްބާސް ކަންބޮޑުވުން ފާޅުކުރެއްވިއެވެ.
މި ސަރުކާރުން ވެރިކަމާ ހަވާލުވި ފަހުން އެ މަސައްކަތް އެއްވެސް ވަރަކަށް ކުރިއަށް ނުދަނީ ކައުންސިލުން ހުރަސްއަޅައިގެންތޯ ސުވާލުކުރައްވަމުން އައްބާސް ވިދާޅުވީ، ރައްޔިތުންނަށް އޮޅުވާލުމުގެ ބަދަލުގައި ހަގީގަތް ހާމަކުރަންޖެހޭ ކަމަށެވެ. "މޫނަށް ރުލެއް އަރުވާނުލާ ރައްޔިތުންނަށް ދޮގާ މަކަރު ހައްދަވަންވެސް ހައްދެއް އޮންނަންވާނެ،" އޭނާ ވިދާޅުވިއެވެ.
ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުވިދާޅުވަމުން އައްބާސް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ވޭތުވެދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ރައީސް މުޢިއްޒުގެ ސަރުކާރުން ޅޮހީގެ ރައްޔިތުންނަށްޓަކައި ކޮށްދިން އެއްވެސް ކަމެއް ފެންނާން ނެތެވެ. ރަށުގެ ތަރައްޤީގެ މަޝްރޫޢުތައް ހުއްޓި، ރައްޔިތުންނަށް ލިބެންޖެހޭ އަސާސީ ޚިދުމަތްތައް ފުރިހަމަނުވެ ދިގުލައިގެންދާ ދިއުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު