ސަރުކާރުގެ ކުންފުނިތަކާއި މުއައްސަސާތަކުގައި ހިނގަމުންދާ ކޮރަޕްޝަނާއި ވައްކަމުގެ މައްސަލަތައް ތަހުޤީޤުކޮށް، އެކަންކަމުގައި ބައިވެރިވާ ފަރާތްތަކަށް ފިޔަވަޅު އަޅަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ކެރިވަޑައިނުގަންނަވާނެ ކަމަށް އެމްޑީޕީގެ ކުރީގެ ނައިބު ރައީސް މުޙައްމަދު ޝިފާޒު ރޭ ވިދާޅުވެއްޖެއެވެ.
ސަންޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން އެމްޑީޕީގެ ކުރީގެ ނައިބު ރައީސް ޝިފާޒު ވިދާޅުވީ، ރައީސް މުޢިއްޒަކީ ޕޯޑިއަމްތަކަށް އަރައިވަޑައިގެން އިސްލާމްދީނުގެ ނަން ބޭނުންކުރައްވައިގެން ވަރަށް ދިގުކޮށް ވާހަކަދައްކަވާ ބޭފުޅެއް ކަމަށެވެ. ނަމަވެސް، އެމަނިކުފާނު ދައްކަވާ ވާހަކަތަކާއި އަމަލާ ދިމާނުވާ ކަމަށާއި، ދީނީ މިންގަނޑުތަކުގެ ވާހަކަ ދައްކަވާއިރު، ސަރުކާރުގެ ތެރޭގައި ހިނގާ ދޮގުހެދުމާއި، ވައްކަމާއި، ކޮރަޕްޝަނުގެ މައްސަލަތަކަށް ރައީސް ބައްލަވާނުލައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ޝިފާޒު ވިދާޅުވީ ސްޓެލްކޯ ފަދަ ކުންފުނިތަކުގައި ހިނގާ ކަންކަން ތަހުޤީޤު ނުކުރެވެނީ، އެތަންތަނުގެ ވެރިން އެކަންކަން ކުރަނީ ރައީސް މުޢިއްޒާ ގުޅިގެން ކަމަށްވާތީ ކަމަށެވެ.
"އެތަނުގެ އެމްޑީއަށް އަންނަ ކޮންމެ ބޭފުޅަކުވެސް، އަދި ކޮންމެ މަގާމެއްގައި ހުންނަވައި ކޮންމެ ކަމެއް ކުރެއްވިޔަސް ކުރައްވާ ކަމެއް ކުރައްވަނީ ޑރ. މުޢިއްޒާ ގުޅިވަޑައިގެން އެކުއެކީގައި،" ޝިފާޒު ވިދާޅުވިއެވެ.
މީގެ އިތުރުން، ކޮރަޕްޝަންގެ ތުހުމަތު ކުރެވޭ ފަރާތްތައް ސަރުކާރުގެ ވަޒީފާއިން ވަކިކުރުމުގެ ބަދަލުގައި، ސަރުކާރުގެ އެހެން ވަޒީފާތަކަށް ބަދަލުކުރުމަކީ މި ސަރުކާރުގެ "ސަގާފަތެއް" ކަމަށް ޝިފާޒު ވިދާޅުވިއެވެ. އެގޮތުން މިފްކޯގެ ކުރީގެ އެމްޑީ، ފިޝަރީޒް މިނިސްޓްރީގެ މަގާމަކަށް ފަހު ސްޓެލްކޯގެ އެމްޑީއަކަށް އައިސްފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ސަރުކާރުގެ ގޭސް ކުންފުނި، މޯލްޑިވިސް ގޭސް އިން ގެއްލުނު ދެލައްކަ ޑޮލަރަށްވުރެ ގިނަ ފައިސާއާ ގުޅުވައި، ޝިފާޒު ވިދާޅުވީ، އެތަނުގެ އެމްޑީ ކޮންމެ ދުވަހަކު އޮފީސް ފައްޓަވަނީ ޤައުމީ ސަލާމުން ކަމުގައި ވިޔަސް، ރައްޔިތުން ކުރާ ސުވާލުތަކަށް ޖަވާބުދާރީވާން ނުޖެހޭ ކަމަށެވެ. އަދި އެޗްޑީސީން މީހުންނަށް ނޭނގި ގޯތިތަކެއް ވިއްކައިގެން ހިންގި ބޮޑު ކޮރަޕްޝަންގެ މައްސަލައިގައި ވެސް އެއްވެސް މީހަކަށް އަދަބެއް ލިބިފައި ނުވާކަމަށް ޝިފާޒު ވިދާޅުވިއެވެ.
ޝިފާޒު އިތުރަށް ވިދާޅުވީ، ސަރުކާރުން ވަކިކުރާ ކަމަށް ބުނާ ބޭފުޅުންނަކީ ހަގީގަތުގައި ވަކިކުރާ ބޭފުޅުންނެއް ނޫން ކަމަށާއި، އެއީ ހަމަ ރައީސް މުޢިއްޒާ އެކު މަސައްކަތްކުރާ ބޭފުޅުން ކަމަށެވެ. އަދި އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލާ ޝައްމާން ފަދަ ބޭފުޅުންނަށް ދިމާވެގެން އުޅެނީ ހޯމް މިނިސްޓަރާ ޖެހިގެން އުޅޭ މައްސަލައެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"ކޮރަޕްޝަން ހިންގުން މިހާ ދޯދިޔާވެގެން މިދަނީ ހަގީގަތުގައި ގުޅިގެން އެމްޑީންނާއި ސަރުކާރާ ނުވަތަ ރައީސުލްޖުމްހޫރިއްޔާއާ އެކީގައި ހިންގާ ވައްކަމަކަށް ވާތީވެ،" ޝިފާޒު ވިދާޅުވިއެވެ.
ޝިފާޒް ވިދާޅުވީ ކުންފުނިތަކުން ބޭފުޅުން ވަކިކުރި ނަމަވެސް މިކަންކަމަކީ ރައްޔިތުންނަށް އޭގެއިން އެއްވެސް ފައިދާއެއް ހުރި ކަންކަމެއް ނޫން ކަމަށެވެ. އަދި މިއީ ސީދާ ސަރުކާރުގެ ތެރެއިން ހިންގާ ޖަރީމާތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު