ރިޔާސީ އިންތިޚާބުގައި "ބަދަލަކަށް" ބޭނުންވެގެން ބަޔަކު ލީ ވޯޓެއްގެ ސަބަބުން މުޅި ގައުމު މިއަދު އޮތީ ބޮޑު އަނދަވަޅަކަށް ވެއްޓިފައި ކަމަށް އައްޑޫ މީދޫ ދާއިރާގެ ކުރީގެ މެންބަރު އަދި އެމްޑީޕީ އަންހެނުންގެ ރޫހުގެ ރައީސާ ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އައްޑޫ މީދޫ ދާއިރާގެ ކުރީގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވީ، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި "ބަދަލަކަށް" ބޭނުންވެގެން ބަޔަކު ލީ ވޯޓެއްގެ ސަބަބުން މުޅި ގައުމު މިއަދު އޮތީ ބޮޑު އަނދަވަޅަކަށް ވެއްޓިފައި ކަމަށެވެ. އަދި އަތުގައި އޮތް އެއްޗެއްގެ އަގު ވަޒަންކުރެވެނީ އެ އެއްޗެއް ގެއްލުމުން ކަމަށް ވިދާޅުވެ، ރިޔާސީ އިންތިޚާބުގެ ނަތީޖާއާ މެދު ރޮޒައިނާ ކަންބޮޑުވުން ފާޅުކުރެއްވިއެވެ.
ރޮޒައިނާ ވިދާޅުވީ މިހާރުގެ ސަރުކާރުން އެތައް ގޯސްތަކެއް ހަދަމުންދާއިރު، މާލެ ސިޓީގެ ތަރައްގީއަށް އެމްޑީޕީގެ ވިސްނުމުގެ މޭޔަރަކު ހުރުމަކީ ރައްޔިތުންގެ ދިރިއުޅުން ފަހިކުރުމަށް ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށެވެ. މާލޭގެ ތަރައްގީއަށް މޭޔަރަކީ ވަރަށް މުހިންމު ދައުރެއް އަދާކުރާ ފަރާތެއްކަން ރޮޒައިނާ ވަނީ ފާހަގަކުރައްވާފައެވެ.
މާދަމާ އޮންނަ ޕްރައިމަރީގައި ވާދަކުރައްވާ އާދަމް އާޒިމްއަށް ތާއީދު ކުރައްވަމުން ރޮޒައިނާ ވިދާޅުވީ، އާޒިމް އަކީ މޭޔަރުކަމުގެ ގޮނޑި އެމްޑީޕީއަށް ކާމިޔާބުކޮށްދެވޭނެ ފަދަ ތާއީދެއް އޮތް، އަހުލާގު ރަނގަޅު އަދި ތަޖުރިބާހުރި ބޭފުޅެއް ކަމަށެވެ.
"އާދަމް އާޒިމް މަދު ދުވަސްކޮޅެއްގެ ތެރޭގައި ކުރެއްވި މަސައްކަތަކީ، މީގެ ކުރިން ފަސް އަހަރު ދުވަހުން ވެސް އެހެން ބޭފުޅުންނަށް ނުކުރެވޭ ފަދަ ބޮޑެތި މަސައްކަތްތަކެއް،" އާޒިމްގެ ހިންގުންތެރިކަމަށް ތައުރީފު ކުރައްވަމުން ރޮޒައިނާ ވިދާޅުވިއެވެ.
ރޮޒައިނާ ވަނީ މާލޭގެ އެމްޑީޕީގެ ހުރިހާ މެންބަރުން މާދަމާ އޮންނަ ޕްރައިމަރީގައި އާދަމް އާޒިމްއަށް ވޯޓު ދެއްވުމަށް އިލްތިމާސް ކުރައްވާފައެވެ. އަދި މިވަގުތު މާލެ މޭޔަރުކަމުގެ މަގާމަށް ފެންނަން ހުރި އެންމެ ގާބިލު ބޭފުޅަކީ އާޒިމް ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު