މީޑިޔާނެޓްގެ ޕްލެޓްފޯމަށް މަޝްހޫރު ދީނީ ޗެނަލް، ޕީސް ޓީވީ އަލުން ހިމަނައިފިއެވެ.

މީޑިޔާނެޓުން އެ ކުންފުނީގެ ކަސްޓަމަރުންނަށް ފޮނުވާފައިވާ ނޯޓިސްއެއްގައި ވަނީ އެ ކުންފުނީގެ 152 ނަންބަރު ޗެނަލުން ޕީސް ޓީވީ މިހާރު ފެންނާނެ ކަމަށެވެ.

ޓެކްނިކަލް މައްސަލަތަކެއް ދިމާވެގެން ކަމަށްބުނެ މީޑިޔާނެޓްގެ ޕްލެޓްފޯމުން ޕީސްޓީވީ ގެ ޚިދުމަތް ވަނީ މެދުކަނޑާލާފައެވެ. އެކަމާ ގުޅިގެން ދީނީ ޢިލްމުވެރިންނާއި، ގިނަ ޢާއްމު ރައްޔިތުން ގެ ފާޑުކިއުންތައް މީޑިޔާނެޓަށް ވަނީ އަމާޒުވެފައެވެ.

މީޑިއާނެޓުން ބުނެފައިވަނީ އެ ދިމާވި ޓެކްނިކަލް މައްސަލަ ޙައްލުކޮށް ޕީސްޓީވީގެ ޚިދުމަތް އަލުން ދޭން ފަށާފައިވާ ކަމަށާއި، ޕީސްޓީވީގެ ޚިދުމަތް މެދުކެނޑުމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވި ދަތިތަކަށް މާފަށް އެދޭ ކަމަށެވެ. އަދި ކަސްޓަމަރުންގެ ޑިމާންޑްތަކަށް މީޑިއާ ނެޓުން އިސްކަންދޭނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު