ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރަށްވާނެ ބޭފުޅުން ކަނޑައެޅުމަށް ބޭއްވި ޕްރައިމަރީ ކާމިޔާބު ކުރެއްވި ހުރިހާ ކެންޑިޑޭޓުންނަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ވަރަށް ހޫނު މަރުހަބާއެއް ދަންނަވައިފިއެވެ.
ރައީސް ޞާލިޙް ވަނީ ޕްރައިމަރީގެ ވޯޓުލުމުގެ އެންމެހާ އިންތިޒާމުތައް ވަރަށް ފުރިހަމައަށް ރާވައި، އަމާންކަމާއެކު ކުރިއަށް ގެންގޮސްފައިވާތީ އެކަމަށްޓަކައި ޕާޓީގެ ލީޑަރޝިޕަށާއި، މި މަސައްކަތުގައި އުޅުއްވި ހުރިހާ ހަރަކާތްތެރިންނަށް ޚާއްޞަ ޝުކުރެއް އަދާކުރައްވާފައެވެ.
މީގެ އިތުރުން، ވާދަވެރި ޕްރައިމަރީއަކަށް ފަހު ދެން އޮތީ އެންމެން ގުޅިގެން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބު ކާމިޔާބު ކުރުމުގެ މަސައްކަތްކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
އެގޮތުން، އިންތިޚާބުގައި އެމްޑީޕީއަށް ބޮޑު ކާމިޔާބީއެއް ހޯދައިދިނުމަށްޓަކައި ޕާޓީގެ ލީޑަޝިޕާއި ހުރިހާ މެންބަރުން އެކަތިގަނޑެއްގެ ގޮތުގައި ގަދައަޅާ މަސައްކަތް ކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށްވެސް ރައީސް ޞާލިޙް ވިދާޅުވިއެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ އެޕްރީލް މަހުގެ 4 ވަނަ ދުވަހުއެވެ. އެމްޑީޕީން ދަނީ މި އިންތިޚާބަށް ވަރަށް ވަރުގަދައަށް ތައްޔާރުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު