އިޒްރޭލު ސިފައިން ޣައްޒާގެ އެކި ސަރަހައްދުތަކަށް ދެމުންދާ ވަރުގަދަ ހަމަލާތަކުގައި، މަދުވެގެން 11 ފަލަސްތީނު މީހުން ޝަހީދުވެފައިވާ ކަމަށް ޣައްޒާގެ މިނިސްޓްރީ އޮފް ހެލްތުން ހާމަކޮށްފިއެވެ.
ޝަހީދުވި މީހުންގެ ތެރޭގައި ތިން ނޫސްވެރިންނާއި ދެ ކުޑަކުދިން ހިމެނޭއިރު، އިތުރު ހަ މީހަކަށް އެކި ވަރުގެ އަނިޔާ ލިބިފައިވާ ކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ. މި ހަމަލާތަކުގެ ތެރެއިން އެންމެ ހިތާމަވެރި އެއް ހާދިސާ ހިނގާފައިވަނީ ޣައްޒާގެ މެދުތެރޭގެ ނެޓްޒަރިމް ކޮރިޑޯ ކައިރީގައެވެ.
އަލްޖަޒީރާ އާއި ހަވާލާދީ ޣައްޒާގެ މިނިސްޓްރީ އޮފް ހެލްތުގެ ޑިރެކްޓަރ ޖެނެރަލް މުނީރު އަލްބުރުޝް ވިދާޅުވި ގޮތުގައި، ޝަހީދުވި ތިން ނޫސްވެރިންނަކީ "އީޖިޕްޝަން ކޮމިޓީ ފޯ ޣައްޒާ ރިލީފް" ގެ ދަށުން މިސުރުން ފޮނުވާ އެހީގެ މަސައްކަތްތައް ކަވަރުކުރަމުންދިޔަ ފޮޓޯގްރަފަރުންނެވެ. އެ މީހުން ދަތުރުކުރި އުޅަނދަށް އިޒްރޭލުން ހަމަލާދިނީ ނެޓްޒަރިމް ކޮރިޑޯ ކައިރީގައި އަލަށް ހެދި ވަގުތީ ހިޔާވަހިކަމެއްގެ މަންޒަރުތައް ނެގުމުގެ މަސައްކަތުގައި އުޅެނިކޮށެވެ. އިންޓަނެޓްގައި ދައުރުވާ ވީޑިއޯތަކުން ފެންނަ ގޮތުގައި، އެ އުޅަނދު އޮތީ ހަމަލާގެ ސަބަބުން އެއްކޮށް އަނދާ އަޅިއަށް ވެފައެވެ.
މި ހަމަލާއާ ގުޅިގެން އިޒްރޭލުގެ އަސްކަރީ ރޭޑިއޯއިން ބުނެފައިވަނީ، އެ އުޅަނދަށް ހަމަލާދިނީ އޭގައި ތިބި މީހުން ޑްރޯން ބޭނުންކޮށްގެން އިޒްރޭލު ސިފައިންގެ މައުލޫމާތު އެއްކުރަމުން ދިޔުމުން ކަމަށެވެ. ނަމަވެސް، މިސުރުގެ ކޮމިޓީގެ ތަރުޖަމާނު މުހައްމަދު މަންސޫރު ވަނީ އެކަން ދޮގުކުރައްވާފައެވެ. އޭނާ ވިދާޅުވީ އެ އުޅަނދަކީ ކޮމިޓީއަށް ނިސްބަތްވާ އުޅަނދެއްކަން އިޒްރޭލަށް އެނގޭނެ ކަމަށާއި، ހަމަލާދިނީ އިޒްރޭލުގެ ކޮންޓްރޯލް އޮންނަ ސަރަހައްދާ ފަސް ކިލޯމީޓަރު ދުރުގައި ވަނިކޮށް ކަމަށެވެ.
މީގެ އިތުރުން، ޣައްޒާގެ އެކި ސަރަހައްދުތަކުން އާންމުންގެ ގިނަ ބަޔަކު ވަނީ ޝަހީދުވެފައެވެ. އެގޮތުން ދީރުލް ބަލާހްގެ އިރުމަތީ ސަރަހައްދަށް ދިން ހަމަލާއެއްގައި އެއް އާއިލާއަކަށް ނިސްބަތްވާ ބައްޕައަކާއި ދަރިފުޅުގެ އިތުރުން އެހެން މީހަކު ވަނީ ޝަހީދުވެފައެވެ.
އަދި ޣައްޒާގެ ދެކުނުގައިވާ ބަނީ ސުހައިލާގައި ދަރު ހޮވަން އުޅުނު 13 އަހަރުގެ ކުއްޖަކު އިޒްރޭލު ސިފައިން ބަޑިޖަހައި ޝަހީދުކޮށްލާފައިވާއިރު، ޚާން ޔޫނިސް އާއި އުތުރުގެ ސަރަހައްދުތަކުން ވެސް އަންހެނަކާއި އިތުރު ދެ މީހަކު ޝަހީދުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު