ހުޅުމާލޭގެ ފޭސް ދޭއްގައި ހުންނަ އަމާން ދޯދި ޓަވަރު 1 ގައި މިއަދު ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން، އެ އިމާރާތުގެ ބައެއް ފްލެޓުތަކުގެ ފެން ހޮޅިތަކަށް ގެއްލުންތަކެއް ލިބިފައިވާ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހާމަކޮށްފިއެވެ.
މި ހާދިސާއާ ގުޅިގެން އެފްޑީސީން އެ ފުލެޓްތަކުގައި އުޅޭ މީހުންނަށް ފޮނުވި ލިޔުމެއްގައި ބުނެފައިވަނީ، އިމާރާތުގެ ހުރިހާ ފަންގިފިލާއެއްގެ 6 ވަނަ ޔުނިޓުގެ މާސްޓަރ ބެޑްރޫމް ފިޔަވައި، އެހެން ކޮޓަރިތަކާއި ޔުޓިލިޓީ އޭރިއާތަކުގައި ފެނާއި ޑްރެއިނޭޖް ސިސްޓަމް ބޭނުން ނުކުރުމަށް އެދޭ ކަމަށެވެ.
އެ ކޯޕަރޭޝަނުން މައުލޫމާތު ދިންގޮތުގައި މި އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވީ ޓަވަރުގެ ގްރައުންޑް ފްލޯގައި އުކާލާފައި ހުރި ކުނިތަކެއްގައި ރޯވުމުގެ ސަބަބުންނެވެ. އަދި މި ހާދިސާ ހިނގަން މެދުވެރިވި ސީދާ ސަބަބު ދެނެގަތުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ.
މީގެ އިތުރުން، އަލިފާނުގެ ސަބަބުން އިމާރާތަށް ލިބުނު ގެއްލުންތައް ވަޒަންކޮށް، މަރާމާތު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށްވެސް އެފްޑީސީން ބުނެއެވެެ. ކުނި އުކާލުމަށް ކަނޑައެޅިފައިވާ ވަކި ހާއްސަ ސަރަަހައްދުތައް ފިޔަވައި އެހެން ތަންތަނަށް ކުނި އެޅުމަކީ މަނާކަމެއްކަން އެ ކުންފުނިން ވަނީ ހަނދާންކޮށްދީފައެވެ.

ކިޔުންތެރިންގެ ހިޔާލު