މާލޭގައި ހުންނަ ދިވެހި ޚާރިޖީ އޮފީސް
މާލޭގައި ހުންނަ ދިވެހި ޚާރިޖީ އޮފީސް
ތިރުވަނަންތަޕޫރަމާއި ކޮޗިންގައި ދިރިއުޅޭ ދިވެހިންނަށް "ކެއަރ ޕެކޭޖް" ހިލޭ ފޮނުވޭނެ ގޮތް ސަރުކާރުން ހަމަޖައްސައިދީފި އެވެ.

އޭޕްރިލް 11 ވަނަ ދުވަހު މޯލްޑިވިއަނުން ތިރުވަނަންތަޕޫރަމަށް ދަތުރުކުރުމަށް ހަމަޖެހިފައިވުމާއެކު، ފޯމް ހުށަހަޅާ ތަރުތީބުން އެންމެ ފުރަތަމަ ފޯމް ހުށަހަޅާ 600 ފަރާތަށް ތަކެތި ފޮނުވުމުގެ ފުރުސަތު ދެވޭނެ ކަމަށް ޚާރިޖީ ވުޒާރާއިން ވަނީ ބުނެފައެވެ.

އެގޮތުން ކާގޯގެ ގޮތުގައި ފޮނުވޭނީ ތިރުވަނަންތަޕޫރަމާއި ކޮޗިންގައި ލިބެންނެތް ބޭހެއް ނުވަތަ އެހެނިހެން ޒަރޫރީ ކަމެއްގައި ފޮނުވާން ބޭނުންވާ ތަކެތި ކަމަށާއި، ކޮންމެ އާއިލާއަކަށްވެސް ފޮނުވޭނީ ގިނަވެގެން 15 ކިލޯގްރާމްގެ ތަކެތި ކަމަށް އެވުޒާރާއިން ބުނެފައި ވެއެވެ. އެކަމަށް ބޭނުންވާ ފޯމް ޚާރިޖީ ވުޒާރާގެ ވެބްސައިޓުން ލިބޭނެކަމަށް ވެސް ބުނެފައިވެއެވެ.

މީގެ އިތުރުން ކާގޯގެ ގޮތުގައި ފައިސާ، ރޯމަސް، ކިއްލި، ހެދިކާ، މޭވާ، ތަރުކާރި، ސިނގިރެޓް އަދި ދުންފަތުގެ ބާވަތްތަކާއި، ހަނޑޫ، ހަކުރު، ފުށް ނުފޮނުވޭނެކަމަށް އެކަމާ ގުޅިގެން ނެރެފައިވާ އުސޫލުގައި ބަޔާންކޮށްފައި ވެއެވެ.

ތަކެތި ބަލައިގަތުމަށް ހަމަޖެހިފައިވަނީ ވެލާނާ އިންޓާނޭޝަނަލް އެއާޕޯޓްގެ ޑިޕާޗާ ހޯލް ކައިރީގައި ބެހެއްޓިފައިވާ ޚާއްޞަ ކައުންޓަރުތަކުން އޭޕްރިލް 10 ވާ ހުކުރު ދުވަހުގެ ހެނދުނު 08:00 އިން މެންދުރު 11:00 އަށް، އަދި މެންދުރު ފަހު 14:00 އިން ހަވީރު 06:00 އަށް ކަމަށް ޚާރިޖީ ވުޒާރާއިން ބުނެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން