އެސްޓީއޯގެ މެނޭޖިން ޑައިރެކްޓަރ ޙުސައިން ޢަމްރު
އެސްޓީއޯގެ މެނޭޖިން ޑައިރެކްޓަރ ޙުސައިން ޢަމްރު
މިހާރު ކަނޑައަޅާފައިވާ ކޮންޓްރޯލް އަގަށްވުރެެ އެސްޓީއޯއިން ތަކެތި ވިއްކާއަގު ހެޔޮވާނެ ކަމަށް އެސްޓީއޯގެ މެނޭޖިން ޑައިރެކްޓަރ ޙުސައިން ޢަމްރު ވިދާޅުވެއްޖެއެވެ.

އެސްޓީއޯއިން އަލަށް ގެނައި ސްޓޮކްގެ ފޮޓޯއަކާއެކު ކުރެއްވި ޓްވީޓެއްގައި ޢަމްރު ވިދާޅުވީ އެސްޓީއޯއިން ފިޔާ ކިލޯއެއް ވިއްކަނީ 15 ރުފިޔާއަށް ކަމަށާއި، އަލުވި ކިލޯއެއް 12 ރުފިޔާއަށް ވިއްކާއިރު، ބިސް ކޭހެއް ވިއްކަނީ 290 ރުފިޔާއަށް ކަމަށެވެ.

ޢަމްރު މިއަދު ކުރަށްވާފައިވާ ޓްވީޓްގައި ވިދާޅުވީ، ރާއްޖޭގައި އަސާސީ ކާބޯތަކެތި ވިއްކޭނެ އެންމެ ބޮޑު އަގު ކަނޑައަޅާފައިވަނީ އެސްޓީއޯއިން ނޫންކަމަށާއި، އެކަން ކުރަނީ އިކޮނޮމިކް މިނިސްޓްރީން ކަމަށެވެ. އަދި ކާބޯތަކެތީގެ ކޮންޓްރޯލް އަގެއް ކަނޑައަޅާފައިވަނީ، އެއަގަށް ވުރެ ބޮޑުކޮށް ރައްޔިތުންނަށް ތަކެތި ގަންނަން ޖެހިދާނެތީ ކަމަށާއި، ބޮޑުއަގުގައި ތަކެތި ވިއްކުމަށް އޮތް ދޮރު ބަންދު ކުރުމަށް ކަމަށެވެ.

"ތަކެތި ވިއްކޭނެ އެންމެ ބޮޑު އަގު ކަނޑައެޅުމަކީ މާލެ އާއި، އެހެން ހުރިހާ ރަށްރަށާ ތަފާތުކުރުމެއް ނެތި، ވަކި އަގަކަށްވުރެ ބޮޑުނުވެ ގަންނަން ލިބޭނެކަން ޔަގީންކޮށްދިނުން. އަދި އެނޫން ގޮތަކަށް އެތަކެތި ނުވިއްކޭނެގޮތް ހެދުން" ކަމަށް ވިދާޅުވެ ރައްޔިތުން ދޭ އެއްބާރުލުމަށް އަމްރު ވަނީ ޝުކުރު އަދާކުރަށްވާފައެވެ.

ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނި، އެސްޓީއޯއިން ބުނެފައިވަނީ ކޯވިޑް-19 އާއި ގުޅިގެން ޤައުމުތަކުގެ ބޯޑަރު ބަންދުކޮށް ރާއްޖޭގެ ވިޔަފާރިތައް ހީނަރުވެފައި ވީނަމަވެސް ދިވެހި ރައްޔިތުންގެ އާންމު ދިރިއުޅުމަށް ދަތި ނުވާ ވަރަށް ކާޑުގެ ބާވަތްތަކާއި ޒަރޫރީ މުދާ ލިބޭނެ މަގު ތަނަވަސް ކޮށްދޭނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން