ކޯވިޑްްް-19 އަށް ފަރުވާއެއް ހޯދުމަށް ލެބޯޓްރީއެއްގައި ބަޔަކު މަސައްކަތް ކުރަނީ
ކޯވިޑްްް-19 އަށް ފަރުވާއެއް ހޯދުމަށް ލެބޯޓްރީއެއްގައި ބަޔަކު މަސައްކަތް ކުރަނީ
ކޯވިޑް-19 އަށް މެލޭޝިއާއިން ދިވެއްސަކު ޕޮޒިޓިވް ވެފައިވާ ކަމަށް އެޤައުމުގެ ހެލްތު މިނިސްޓްރީން ހާމަކޮށްފިއެވެ.

މެލޭޝިޔާގައި ހުންނަ ދިވެހި އެމްބަސީން ދެންމެ ބުނެފައިވަނީ މެލޭޝިއާގެ ޞިއްހީ ވުޒާރާއިން އެކަން ހާމަކޮށްފައިވާތީ އެކަން ސާފު ކުރުމުގެ މަސައްކަތް އެމްބަސީން ކުރަމުން ގެންދާ ކަމަށެވެ. އަދި އިތުރު ތަފުސީލެއް އެމްބަސީއަށް ނުލިބޭކަމަށްވެސް ބުނެފައި ވެއެވެ.

"މިއަދު މެލޭޝިޔާގެ ހެލްތު މިނިސްޓްރީން އާންމުކޮށްފައިވާ ރިޕޯޓެއްގައި މެލޭޝިޔާގައި ދިރިއުޅޭ ދިވެއްސަކު ޕޮޒިޓިވް ވެފައިވާ ކަމަށް ބުނެފައި ވުމުން އެކަން އިތުރަށް ސާފުކުރުމުގެ މަސައްކަތް ހައިކޮމިޝަނުން ކުރަމުން ދާ ވާހަކަ މައުލޫމާތަށްޓަކާ ދަންނަވަން." އެމްބަސީން މުބެފައި ވެއެވެ.



މެލޭޝިޔާގެ ހެލްތު މިނިސްޓްރީން އާންމުކޮށްފައިވާ މި މައުލޫމާތަކީ މިއަހަރުގެ ފެބްރުއަރީ މަހުން ފެށިގެން އެޤައުމުގައި ބައްޔަށް ޕޮޒިޓިވް ވި ބޭރު ޤައުމު ތަކުގެ މީހުންގެ ލިސްޓެއްގައި ހިމެނޭ މައުލޫމާތެކެވެ. މި ދިވެހި މީހާ ބައްޔަށް ޕޮޒިޓިވް ވީ ކޮން އިރަކު ކަމެއް މިމައުލޫމާތަކުން ސާފެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން