ކޯވިޑްްްް-19 އާއި ގުޅިގެން މާލޭގައި ކާފިއު ހިންގި ގަޑީގައި ނުކުމެ އުޅުނު ބަޔަކާ ފުލުހުން ސުވާލުކުރަނީ
ކޯވިޑްްްް-19 އާއި ގުޅިގެން މާލޭގައި ކާފިއު ހިންގި ގަޑީގައި ނުކުމެ އުޅުނު ބަޔަކާ ފުލުހުން ސުވާލުކުރަނީ
ކޯވިޑް-19: އާއި ގުޅިގެން ރާއްޖޭގައި އިޢުލާން ކޮށްފައިވާ ތިން ގަޑިއިރުގެ ކާފިއު މިއަދުން ފެށިގެން އުވާލި ނަމަވެސް ތިން މީހުންނަށް ވުރެ ގިނަ މީހުން އެއްވެ އުޅުން ހުއްޓުވުމަށް އަންގާފައިވާ އެންގުން ދެމި އޮންނާނެ ކަމަށް އެޗްޕީއޭއިން ބުނެފިއެވެ.

އެޗްޕީއޭއިން މިއަދު އާންމު ކުރި އިޢުލާނެއްގައި ބުނެފައިވަނީ މާލެއާއި ވިލިމާލެއާއި ހުޅުމާލޭގައި ކޮންމެ ދުވަހެއްގެ ހަވީރު 5:00 އިން ރޭގަނޑު 8:00 އަށް އެއްގަމު އުޅަނދު ފަހަރު ދުއްވުމާއި މަގުމަތީގައި މީހުން އުޅުން ހުއްޓައިލުމާއި ޕަބްލިކް ޓްރާންސްޕޯރޓް ނުވަތަ ބަހާއި ފެރީގެ ޚިދުމަތް ދިނުން ހުއްޓައިލުމަށް އެންގި އެންގުން، މިހިނގާ އެޕްރީލް މަހުގެ ނުވަ ވަނަ ދުވަހުގެ ހަވީރު 5:00 އިން ފެށީގެން ބާތިލު ވީ ކަމަށެވެ.

"އެހެންނަމަވެސް މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި އެއްފަހަރާ ތިން މީހުންނަށް ވުރެ ގިނަމީހުން އެއްވެ އުޅުން ހުއްޓުވުމަށް އަންގާފައިވާ އެންގުން ދެމިއޮންނާނެއެވެ. އެޗްޕީއޭގެ އިޢުލާންގައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން