ދިވެހި ކޮންމެ ރައްޔިތަކު ރިސޯޓް ހިއްސާދާރަކަށް ހައްދަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، ސަރުކާރުން 10 ރިސޯޓު ތަރައްޤީކޮށް އެތަންތަނުން ލިބޭ ފައިދާ ދިވެހި ކޮންމެ ރައްޔިތެއްގެ އެކައުންޓަށް ޑޮލަރުން ޖަމާކުރަން ނިންމާފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް 3 އަހަރުގެ ތެރޭގައި އެއަމާޒަށް ވާސިލުވުމަށް އަމާޒު ހިފާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ކެބިނެޓުގައި މަޝްވަރާކޮށް ނިންމާފައިވާ މި ނިންމުމާ ގުޅޭގޮތުން ރައީސް ވިދާޅުވީ، ސަރުކާރު ކުންފުނިތައް މެދުވެރިކޮށް ކުރިއަށް އޮތް 3 އަހަރުގެ ތެރޭގައި މަދުވެގެން 10 ރިސޯޯޓު ތަރައްގީކޮށް، އެ ރިސޯޓުތަކުން ލިބޭ ފައިދާގެ ބޮޑު ބައެއް، އެއްވެސް ރައްޔިތަކު ބާކީނުކޮށް ހަމަހަމަކަމާއެކު ބޭރު ފައިސާއިން އެމީހެއްގެ އެކައުންޓަށް ޖަމާކޮށް ދެއްވާނެ ކަމަށެވެ.
"ކޮންމެ ރައްޔިތެއްގެ އެކައުންޓަށް އަހަރަކު މަދުވެގެން 400 ޑޮލަރު ޖަމާވާނެ. މިސާލަކަށް ފަސް މެމްބަރުންގެ އާއިލާއެއްގައި ނަމަ، އެ އާއިލާގެ ކޮންމެ މެމްބަރަކަށް މަދުވެގެން 10 ރިސޯޓުގެ ހިއްސާދާރަކަށް ވުމުގެ އިތުރުން އެ އާއިލާއަކަށް އަހަރަކު މަދުވެގެން 2،000 އެމެރިކާ ޑޮލަރު ލިބިގެންދާނެ." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާލުވީ މި މަޝްރޫއުގެ ދަށުން ތަރައްގީކުރާ ރިސޯޓުތަކުން ލިބޭ ފައިދާ ދިވެހި ރައްޔިތެއްކަމުގެ އައިޑީކާޑު އޮތް ކޮންމެ ރައްޔިތަކަށް ހަމަހަމަކަމާއެކު އަހަރުން އަހަރަށް ލިބި، ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް ދިވެހި ފަތުރުވެރިކަމުގެ ހިއްސާދާރަކަށް ދިވެހި ކޮންމެ ރައްޔިތަކު ވެ، ދިވެހި ކޮންމެ ރައްޔިތަކަށް ސީދާ ގޮތުން މާލީ މަންފާ ޖަމާވާން ފަށާނެކަމަށެވެ.
އެގޮތުން މި އިންވެސްޓްމަންޓުން ދިވެހި ރައްޔިތުންގެ އެކައުންޓަށް ފައިސާ ޖަމާވާން ފަށާނީ 2030 އިން ފެށިގެން ކަމަށް ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު