ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕެއިނަށް، އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މާލޭގެ ގޭގެއަށް ޒިޔާރަތްކުރައްވައިފިއެވެ. ބުރާސްފަތި ދުވަހު ހަވީރު މާފަންނު އުތުރު ދާއިރާގައި ކުރިއަށްދިޔަ މި ހަރަކާތުގައި، މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމްގެ އިތުރުން އެ ދާއިރާގެ އެކި މަގާމުތަކަށް ވާދަކުރައްވާ ކެންޑިޑޭޓުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ޒިޔާރަތްތަކުގައި ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް އޮޅުންފިލުއްވާފައިވާއިރު، ގިނަ ބަޔަކު ވަނީ ބޯހިޔާވަހިކަމުގެ މައްސަލަތަކާ މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ.



ރައީސް ސޯލިހު އެމްޑީޕީ ކެންޑިޑޭޓުންގެ އަތުގައި ހިއްޕަވައިގެން ދޮރުން ދޮރަށް


މި ހަރަކާތުގެ ތެރެއިން މޭޔަރު އާދަމް އާޒިމް ވިދާޅުވީ، އެމްޑީޕީގެ ސަރުކާރުން ފަށާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހުއްޓާލުމަށްފަހު، މިހާރުގެ ސަރުކާރުން "ރަސްމާލެ" ފަދަ މަޝްރޫއުތަކަށް ބޮޑު ހޭދައެއް ކުރުމުގެ ސަބަބުން ރައްޔިތުންނަށް ނިކަމެތިކަން ލިބެމުންދާ ކަމަށެވެ. އަދި ގުޅީފަޅާއި ގިރާވަރުފަޅު ފަދަ ތަންތަން އަވަހަށް ހިއްކައި، އަސާސީ ހިދުމަތްތައް ގާއިމްކުރި ނަމަ ރައްޔިތުންނަށް ބޯހިޔާވަހިކަން މިހާރު ކަށަވަރުވީސް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ރައީސް ސޯލިހު ބައިވެރިވެވަޑައިގެންނެވި މި ކެމްޕެއިން ހަރަކާތުގައި އެމްޑީޕީގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ބައިވެރިވެ، ބޮޑު ތަރުހީބެއް ލިބިފައިވާކަމަށް ވެއެވެ.



ކިޔުންތެރިންގެ ހިޔާލު