ޖެފްރީ އެޕްސްޓީންގެ މައްސަލައާ ގުޅޭގޮތުން ދާދި ފަހުން އާންމުވި ލިޔެކިޔުންތަކުގައި، އެމެރިކާގެ ކުރީގެ ރައީސް ޖޯ ބައިޑަން 2019 ވަނަ އަހަރު އަވަހާރަވެފައިވާ ކަމަށާއި، މިހާރު ފެންނަނީ މާސްކެއް އަޅައިގެން ހުންނަ ބޮޑީ ޑަބަލްއެއް ކަމަށް ބުނެ ފެތުރެމުންދާ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް ނެތް ދޮގު މައުލޫމާތުތަކެކެވެ.
ރަސްމީ އެއްވެސް ލިޔެކިޔުމަކުން ނުވަތަ އިތުބާރު ހުރި މަސްދަރަކުން މިފަދަ ކަމެއް ސާބިތުވެފައެއް ނުވެއެވެ. މި މައުލޫމާތަކީ ސޯޝަލް މީޑިއާގައި ހަގީގަތް އޮޅޭގޮތަށް ފަތުރަމުންދާ ކޮންސްޕިރަސީ ތިއަރީތަކެއްގެ ބައެއްކަން ފާހަގަކުރެވެއެވެ.
އެޕްސްޓީންގެ ފައިލްތަކާ ގުޅިގެން ހާމަވެފައިވާ މައުލޫމާތުތަކަށް ބަލާއިރު، އޭގައި މައިގަނޑު ގޮތެއްގައި ހުރީ އެޕްސްޓީންގެ ވިއުގައިގައި ހިމެނޭ މީހުންނާއި، އޭނާއާ މުުއާމަލާތްކުރި މީހުންގެ ނަންތަކެވެ.
މި ލިޔެކިޔުންތަކުގައި ބައިޑަން އަވަހާރަވި ކަމުގެ ނުވަތަ ބޮޑީ ޑަބަލްއެއް ބޭނުންކުރާ ކަމުގެ އެއްވެސް ވާހަކައެއް ނެތެވެ. މިފަދަ ހަގީގަތާ ހިލާފު ވާހަކަތަކަކީ ސިޔާސީ ބޭނުންތަކަށް ނުވަތަ އާންމުންގެ މެދުގައި ނުތަނަވަސްކަން އުފެއްދުމަށް ފަތުރާ ޚަބަރުތަކެކެވެ.
އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ވެސް ވަނީ އެޕްސްޓީންގެ މައްސަލައިގައި ބައިޑަންގެ ސަރުކާރުން އެއްވެސް މައުލޫމާތެއް ފޮރުވާފައި ނުވާކަމަށާއި، ފެތުރެމުންދާ "ކްލައިންޓް ލިސްޓް" ގެ ވާހަކަތަކަކީ ވެސް ހަގީގަތެއް ނެތް ވާހަކަތަކެއްކަން ކަށަވަރުކޮށްދީފައެވެ. ސޯޝަލް މީޑިއާގައި ބައިޑަންގެ ސިފައަށް އަންނަ ބަދަލުތަކަކީ މާސްކެއްގެ ސަބަބުން ވާކަމެއް ކަމަށް ބުނި ނަމަވެސް، މިއީ އުމުރުން ދުވަސްވުމުގެ ސަބަބުން އަންނަ ބަދަލުތަކެއް ކަމަށް ކަމާބެހޭ މާހިރުން ވިދާޅުވެއެވެ.

ކިޔުންތެރިންގެ ހިޔާލު