ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ސަރުކާރުގެ ކުންފުންޏަކުން 10 ރަށެއް ރިސޯޓުގެ ގޮތުގައި ތަރައްގީކޮށް، އޭގެ ފައިދާއިން ކޮންމެ ދިވެހި ރައްޔިތަކަށް އަހަރަކު 400 ޑޮލަރު ދޭނެ ކަމަށް ވިދާޅުވި ވިދާޅުވުމަކީ ޖޯކެއް ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެއެވެ.
ށ. ފޯކައިދޫގައި ބޭއްވި އެމްޑީޕީގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން އިބޫ ވިދާޅުވީ، ރައީސް މުއިއްޒުގެ ރިޔާސީ ބަޔާނުގައި ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމުގެ ބަދަލުގައި ފެނިގެންދިޔައީ ހަގީގަތަކަށް ނުވާނެ ފަދަ ބޮޑެތި ވައުދުތަކެއް ވެވަޑައިގެންނެވި ތަން ކަމަށެވެ.
އިބޫ ފާހަގަކުރެއްވި ގޮތުގައި، 2030 ވަނަ އަހަރުން ފެށިގެން ކޮންމެ ރައްޔިތަކަށް 400 ޑޮލަރު ދޭނެ ކަމަށް ބުނާ ވާހަކައަށް ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މީހުންވެސް ޖޯކު ޖަހަމުންދާ ކަމަށެވެ. އަދި އެކަމަކީ ގާތްގަނޑަކަށް އެއް ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް ބޭނުންވާ ކަމެއް ކަމަށްވާއިރު، އެ ފައިސާ ހޯދާނެ ގޮތެއް ސަރުކާރަށް ސާފުކޮށްދެވިފައި ނުވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން، ރައީސް މުއިއްޒުގެ ރިޔާސީ ބަޔާނަކީ އަމަލީ ގޮތުން ތަންފީޒު ކުރެވޭނެ ކަންތައްތަކެއްގެ މައްޗަށް ބިނާވެފައިވާ ބަޔާނެއް ނޫން ކަމަށާއި، ރައްޔިތުންނަށް އޮޅުވާލުމަށް މިފަދަ ވާހަކަތައް ދައްކަވަމުން ގެންދަވާ ކަމަށް ވިދާޅުވެ އިބޫ ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު