ކުރިއަށް އޮތް ހަތަރު ދުވަހު ސިއްހަތަށް ނުރައްކާ މިންވަރަށް ވައި ނުސާފުވާނެ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ބުނެފިއެވެ.
މެޓް އޮފީހުން މިއަދު ބުނީ އުތުރާއި މެދުތެރޭގެ ސަރަހައްދުތަކުގެ ދުންފުހުގެ އަސަރު ހުރީ ސިއްހަތަށް ނުރައްކާތެރި މިންވަރަކަށް ކަމަށެވެ. އަދި ކުރިއަށް އޮތް ހަތަރު ދުވަހު އެ ހާލަތު ދެމި އޮންނާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓުން ވަނީ ބުނެފައެވެ.
އެހެންވެ މެޓް އޮފީހުން ވަނީ ކަނޑު ދަތުރުކުރާ ފަރާތްތަކާއި، ބޭރުގައި ގިނަ ވަގުތު ހޭދަކުރާ ފަރާތްތަކުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކަނޑައަޅާފައިވާ ގައިޑްލައިންތަކާ އެއްގޮތަށް އަމަލުކުރުމަށް އިލްތިމާސްކޮށްފައެވެ.
އެޗްޕީއޭއިން މިއަދު ވަނީ ވިލިމާލޭގެ ވައި ނުސާފުވުމުގެ ސަބަބުން ރެޑް އެލާޓު ނެރެފައެވެ. އަދި ވިލިމާލޭގައި ވައިނުސާފު މިންވަރު ހުރީ 163 ގައި ކަމަށާއި، އެހެންވެ މާސްކު އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސް ކޮށްފައެވެ.
ރެޑް އެލާޓު ނެރުމަށްފަހު އެ އެޖެންސީން ބުނީ ސިއްހީ ގޮތުން ނޭދެވޭ އަސަރުތައް ކުރުމާއި ފުއްޕާމެއާ ހިތުގެ ބަލިތައް ބޮޑުވުމުގެ ނުރައްކާ ހުރިހާ މީހުންނަށްވެސް މިދުވަސްވަރު ބޮޑު ކަމަށެވެ.
މާލެއަށް އޮރެންޖު އެލާޓް ނެރެފައިވާ އިރު، އެ އެލާޓުގައި އެޗްޕީއޭއިން ބުނީ ނާޒުކު ހާލަތްތަކުގައި ތިބޭ މީހުންނާއި އެހެން މީހުންނަށް ވެސް ނޭވާލާ ނިޒާމުގެ މައްސަލަ ދިމާވުމުގެ ފުރުސަތު ބޮޑުވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު