ކޮރޯނާ ވައިރަސް އާއި ގުޅިގެން ހަރަކާތްތެރިވާ ޓީމުގައި ހިމެނޭ ސިފައިންގެ ހަތަރު ބޭކަލުން
ކޮރޯނާ ވައިރަސް އާއި ގުޅިގެން ހަރަކާތްތެރިވާ ޓީމުގައި ހިމެނޭ ސިފައިންގެ ހަތަރު ބޭކަލުން
ކޯވިޑް-19 ގެ އަލާމާތްތަކެއް ފެނުނު ދިވެއްސަކު ޓެސްޓްކުރަމުން އަންނަކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭއިން ބުނެފައިވަނީ، ރާއްޖެއިން ފުރިފަހުން ކޯވިޑް-19 އަށް ޕޮޒިޓިވްވި ބިދޭސީއަކާއި ޑައިރެކްޓް ކޮންޓެކްޓް ވެފައިވާ ދިވެއްސެއްގެ ފުށުން ބައްޔަށް ޝައްކުކުރެވޭ އަލާމާތްތައް ފެނިފައިވާކަމަށެވެ. އަދި އެމީހާގެ ސާމްޕަލް ނަގައި، ޓެސްޓްކުރުމުގެ މަސައްކަތް ކުރިޔަށްދާކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

އެ މީހާ މިހާރުވަނީ މޮނީޓާ ކުރުމަށް ކަރަންޓީން ފެސިލިޓީއެއްގައި އެކަހެރިކޮށްފައިކަމަށްވެސް އެޗްޕީއޭއިން ބުނެފައިވެއެވެ. ރާއްޖޭގައި މިވަގުތު ކޯވިޑް-19 އަށް ފަރުވާ ދެމުން އަންނަނީ 4 ދިވެހިންނަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން