ޕްރޮސެކިއުޓަރ ޖެނެރަލް އަލްއުސްތާޒް ޙުސައިން ޝަމީމް
ޕްރޮސެކިއުޓަރ ޖެނެރަލް އަލްއުސްތާޒް ޙުސައިން ޝަމީމް
ޕްރޮސެކިއުޓަރ ޖެނެރަލް، ޕީޖީ އޮފީހުގައި މިއަހަރުގެ ތެރޭގައި 10 ވީޑިއޯ ކޮންފަރަންސް ސިސްޓަމް ބަހައްޓަވާނެކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް އަލްއުސްތާޒް ޙުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ސުޕްރީމްކޯޓުގައި ވީޑިއޯ ކޮންފަރަންސް މެދުވެރިކޮށް ޝަރީއަތްތައް ބޭއްވުމަށް ތައްޔާރުވުމާއި ގުޅިގެން އެކަމަށް ތަޢުރީފުކުރައްވާ ޕީޖީ ޝަމީމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސުޕްރީމް ކޯޓުގައި ވީޑިއޯ ކޮންފަރަންސް މެދުވެރިކޮށް ޝަރީއަތްކުރެވޭ ނިޒާމް ޤާއިމު ކުރުމަކީ ލިބުނު ވަރަށް ބޮޑުކުރިއެރުމެއް ކަމަށެވެ.

މިހާރު ފެތުރެމުން މިދާ ކޯވިޑް-19 ވައިރަހާއި އެކުގައި އުޅެން ދަސްކުރަން ޖެހޭކަމަށާއި، އަދުލުގެ ނިޒާމުގެ ތެރެއިންވެސް އެކަން އެގޮތަށް ފެންނަން ޖެހޭކަމަށް ވިދާޅުވެ ޝަމީމް ވިދާޅުވީ ޕީޖީ އޮފީހުގައިވެސް ވީޑިއޯ ކޮންފަރަންސް ނިޒާމު ޤާއިމު ކުރައްވާނެކަމަށެވެ. މިއީ ޚަރަދުކުޑަ، އަވަސް ގޮތެއް ކަމަށް ޝަމީމް ވަނީ ވިދާޅުވެފައެވެ.

ކޯވިޑް-19 އާއި ގުޅިގެން ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުން އިއްޔެވަނީ ޖިނާއީ މައްސަލަތަކުގެ ޝަރީޢަތްތައް ވީޑިއޯކޮންފަރެންސް މެދުވެރިކޮށް ކުރިއަށް ގެންދިޔުމަށް ޚާއްޞަ އުސޫލުތަކެއް ކަނޑައަޅައި، "ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީޢަތުގެ މަޖިލިސް ކުރިއަށް ގެންދިޔުމާއި ބެހޭ ޤަވަޢިދު"ގެ ނަމުގައި ޤަވާޢިދެއް އެކުލަވާލާ އާންމުކޮށްފައެވެ. އަދި އިއްޔެ އިން ފެށިގެން މި ޤަވަޢިދަށް އަމަލުކުރަންވެސް ވަނީ ފަށާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން