އިސްރާއީލުގެ ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރު އިތަމާރު ބެން-ގްވީރު، ފަލަސްތީނުގެ އަސީރުންނަށް މަރުގެ އަދަބު ދިނުމަށް ގޮވާލައި، އިސްރާއީލުގެ ޖަލުތަކުގެ ސިޔާސަތު މުޅިން ބަދަލުކޮށްލާފައިވާކަން އިއުލާންކޮށްފިއެވެ.
ބެން-ގްވީރު ހާމަކުރި ގޮތުގައި ފަލަސްތީނުގެ އަސީރުން މެރުމަށް "އިލެކްޓްރިކް ގޮނޑި" ނުވަތަ "ދަންޖެއްސުން" ފަދަ ވަސީލަތްތައް ބޭނުންކުރަން ޖެހެއެވެ. އޭނާ ސިފަކުރި ގޮތުގައި މިއީ އިސްރާއީލުގެ ޖަލު ސަރވިސްގެ ތާރީޚުގައި ގެނެވުނު 180 ޑިގްރީގެ ބޮޑު ބަދަލެކެވެ.
މި އާ ސިޔާސަތުގެ ދަށުން، ޖަލުތަކުގައި ފަލަސްތީނު މީހުންނަށް ދެމުންދިޔަ އިންސާނީ ހައްގުތަކާއި ލުއިތައް ވަނީ ނިގުޅައިގަނެފައެވެ. ބެން-ގްވީރު ބުނި ގޮތުގައި މީގެ ކުރިން ޖަލުތަކަކީ އަސީރުންނަށް "އުފާވެރި" ތަންތަނަށް ވީ ނަމަވެސް، މިހާރު އެމީހުންގެ ކާބޯތަކެތި މަދުކޮށް، ފެން ބޭނުންކުރުން ހަނިކޮށް، އަދި އާއިލީ ބައްދަލުވުންތައް ވަނީ މުޅިން ހުއްޓުވާފައެވެ. މި ހަރުކަށި އަމަލުތަކަކީ ފަލަސްތީނުގެ އަސީރުންގެ ނަފްސާނީ އަދި ޖިސްމާނީ ދަރަޖަ ދަށްކުރުމަށް ގަސްތުގައި ހިންގާ ކަންކަން ކަމަށް އޭނާ ވަނީ ފާޅުގައި އެއްބަސްވެފައެވެ.
އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ބައިނަލްއަގުވާމީ ޖަމިއްޔާތަކުން ދަނީ ބެން-ގްވީރުގެ މި ގޮވާލުންތަކާއި އަމަލުތަކަކީ ބައިނަލްއަގުވާމީ ގާނޫނުތަކާއި ޚިލާފު، ލާއިންސާނީ އަމަލުތަކެއްގެ ގޮތުގައި ސިފަކޮށް އެކަން ކުށްވެރިކުރަމުންނެވެ.
ނަމަވެސް ބެން-ގްވީރު ދަނީ މި ސިޔާސަތުތައް ދިފާއުކޮށް، ފަލަސްތީނު މީހުންނަށް ޖަލުގައި އެއްވެސް އަރާމެއް އޮވެގެން ނުވާނެ ކަމަށް ތަކުރާރުކޮށް ބުނަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު