ކުރިއަށް އޮތް ރަމަޟާން މަހު މާލޭ މަގުތަކުގެ ތޮއްޖެހުން ކުޑަކުރުމަށްޓަކައި، މުދާ އުފުލުމާއި ބަރު އުޅަނދުތައް ދުއްވުން މަނާ ގަޑިތަކެއް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އެވިއޭޝަނުން މިއަދު އިޢުލާންކޮށްފިއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ، ރަމަޟާން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން 19 ވަނަ ދުވަހުގެ ނިޔަލަށް، ދުވާލުގެ ވަކި ވަގުތުތަކެއްގައި މުދާ އުފުލުމާއި ބަރު އުޅަނދު ދުއްވުން ވަނީ މަނާކޮށްފައެވެ. އެގޮތުން ހެނދުނު 08:00 އިން 09:30 އަށް އަދި ހަވީރު 16:30 އިން ރޭގަނޑު 20:00 އަށް މިފަދަ އުޅަނދުތައް ދުއްވުމަކީ މަނާ ކަމެކެވެ.
މީގެ އިތުރުން، ރަމަޟާން މަހުގެ 20 ވަނަ ދުވަހުން ފެށިގެން މަހުގެ ނިޔަލަށް، ހަވީރު 16:30 އިން ފެށިގެން ރޭގަނޑު 20:00 އަށް މުދާ އުފުލުމާއި ބަރު އުޅަނދު ދުއްވުން މަނާވާނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ. މި އުސޫލަށް ޝައްވާލު މަހުގެ ފުރަތަމަ ހަތް ދުވަހު (މާރިޗު 20 އިން 26 އަށް) ވެސް އަމަލުކުރަމުންދާނެއެވެ.
ހަމައެއާއެކު މިނިސްޓްރީން ބުނީ، ކަނޑައެޅިފައިވާ މި ގަޑިތަކާ ޚިލާފުވާ ފަރާތްތައް އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ދަށުން 750 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށެވެ.
ރަމަޟާން މަހަކީ އާންމު ގޮތެއްގައި މާލޭގެ މަގުތަކުގައި ޓްރެފިކް ބާރުބޮޑުވެ، ތޮއްޖެހުން އިތުރުވާ ދުވަސްވަރެކެވެ. މިނިސްޓްރީން ބުނީ، މި ފިޔަވަޅުތަކުގެ މައިގަނޑު ބޭނުމަކީ މަގުތަކުގެ ބާރުބޮޑުވާ ވަގުތުތަކުގައި އާންމު ރައްޔިތުންނަށް ދަތުރުފަތުރު ކުރުމުގައި ލުއިފަސޭހަ ކޮށްދިނުމެވެ.

ކިޔުންތެރިންގެ ހިޔާލު