ލާމަރުކަޒީ ނިޒާމު ނައްތާލުމަށް މަސައްކަތް ކުރަމުންދާ ފާސިދު ސިޔާސީ ނިޒާމެއް ތަމްސީލުކުރާ ޕާޓީއަކަށް، ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި ވޯޓު ދޭންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.
އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ޑރ. ދީދީ ވަނީ ވަކި ބައެއްގެ ޒާތީ މަސްލަހަތުތަކެއް ހާސިލުކުރުމަށްޓަކައި އަތޮޅު ކައުންސިލްތައް އުވާލުމަށާއި، އައްޑޫ ސިޓީ ކައުންސިލްގެ ބާރުތައް ކުޑަކޮށް "ސައިޒު" ކުރުމަށް މި ސަރުކާރުން ކެނޑިނޭޅި މަސައްކަތް ކުރަމުންގެންދާކަން ފާހަގަކޮށް، ސަރުކާރަށް ފާޑުވިދާޅުވެފައެވެ. މިއީ ޤާނޫނުއަސާސީގެ ރޫޙާ ޚިލާފަށް ހިންގާ ފާސިދު އަމަލުތަކެއްގެ ގޮތުގައި އޭނާ ވަނީ ސިފަކުރައްވާފައެވެ.
ޑރ. އަޙްމަދު ޢަބްދުﷲ ދީދީ އިތުރަށް ވިދާޅުވީ، ލާމަރުކަޒީ ނިޒާމު ނައްތާލަން މަސައްކަތްކުރާ ފަރާތްތަކަކީ ރައްޔިތުންގެ ބާރުވެރިކަމަށް ހުރަސް އަޅާ ބައެއް ކަމަށެވެ. އެހެންކަމުން، އެފަދަ ފާސިދު ސިޔާސީ ފިކުރެއް ތަމްސީލުކުރާ ޕާޓީއެއްގެ ކެންޑިޑޭޓުންނަށް ލޯކަލް ކައުންސިލް އިންތިޚާބުގައި ވޯޓު ދޭންޖެހޭ އެއްވެސް ސަބަބެއް ނޯއްނާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
މި މޭރުމުން ޑރ. ދީދީ ވާހަކަދައްކާފައިވާއިރު، ކުރިއަށް އޮތް ކައުންސިލް އިންތިޚާބާ ގުޅުވައިގެން ސަރުކާރުން ބުނަމުންދަނީ، ސަރުކާރު ތަމްސީލުކުރާ ކެންޑިޑޭޓުންނަށް ވޯޓު ދީގެން ނޫނީ ރަށްރަށަށް ތަރައްޤީ ނުގެނެވޭނެ ކަމަށެވެ.
ނަމަވެސް، ލާމަރުކަޒީ ނިޒާމަކީ ރައްޔިތުންގެ ބައިވެރިވުމާއެކު ތަރައްޤީގެ މަޝްރޫޢުތައް ހިންގުމަށް މިހާރުވެސް މަގުފަހިކޮށްދީފައިވާ ނިޒާމެކެވެ.

ކިޔުންތެރިންގެ ހިޔާލު