ރާއްޖޭގެ ހިތްގައިމު ރިސޯޓެއް- އީޔޫއިން ދޭ އެހީގައި ފަތުރުވެރިކަމުގެ ދާއިރާއަށް ޚާއްޞަކޮށްފައިވާ އެހީ ހިމެނޭ
ރާއްޖޭގެ ހިތްގައިމު ރިސޯޓެއް- އީޔޫއިން ދޭ އެހީގައި ފަތުރުވެރިކަމުގެ ދާއިރާއަށް ޚާއްޞަކޮށްފައިވާ އެހީ ހިމެނޭ
ކޯވިޑް-19 އާއި ގުޅިގެން ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ދިވެހި ރާއްޖެއަށް ތިން މިލިއަން ޔޫރޯ ދޭން ނިންމާފައިވާ ކަން ހާމަކޮށްފިއެވެ.

މި ފައިސާގެ ތެރޭގައި ހިމެނެނީ ސިއްހީ ދާއިރާ އަށް ދޭ އެއް މިލިއަން ޔޫރޯ އާއި ފަތުރުވެރިކަމުގެ ދާއިރާއަށް ކަނޑައަޅާފައިވާ ދެ މިލިއަން ޔޫރޯއެވެ. އީޔޫ އިން ރާއްޖެއާއި ލަންކާ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޑެނިސް ޗައިބީ ވިދާޅުވީ މި ފަދަ ވަގުތެއްގައި ގުޅިގެން މަސައްކަތް ކުރުން މުހިއްމު ކަމަށާ، ކޯވިޑް-19 އަށް ހައްލު ލިބޭނީ އެކުގައި މަސައްކަތް ކޮށްގެން ކަމަށެވެ.

ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވީ އީޔޫއިން ރާއްޖެ އަށް އެހީތެރިވުމަކީ އީޔޫ އާއި ރާއްޖެއާއި ދެމެދު އޮތް ގާތް ގުޅުން ރަމްޒުކޮށްދޭ ކަމެއްކަމަށެވެ. އަދި މިފަދަ ވަގުތެއްގައި އީޔޫއިން ވެދިން އެހީތެރިކަމަށްޓަކައި ޝުކުރު އަދާކުރައްވާފައި ވެއެވެ.

އަދި އީޔޫގެ އެހީއާއި އެކު ރާއްޖެ އޮތް އިޤްތިޞާދީ ހާލަތުން އަރައިގަތުމަށް އެހީތެރިކަން ލިބޭނެކަމަށް ޝާހިދު ވިދާޅުވިއެވެ.



ޔޫރަޕިއަން ޔޫނިއަން އާއި ރާއްޖެއިން ގުޅިގެން ނެރުނު ނޫސް ބަޔާނުގައި ވަނީ، ރާއްޖެއިން ކޯވިޑް-19 އާއި ގުޅިގެން ކުރަމުންދާ ދެފުށް ފެންނަ، އަވަސް، އަދި ހަރުދަނާ ފިޔަވަޅުތަކަކީ އީޔޫ އާއި އީޔޫގެ މެންބަރ ޤައުމުތަކުން މަރުޙަބާކިޔާ ފިޔަވަޅުތަކެއްކަމަށެވެ.

މީގެއިތުރުން އީޔޫގެ ޤައުމުތަކުން ގުޅިގެން ކުރި މަސައްކަތުން އެއް ޤައުމުން އަނެއް ޤައުމަށް ފަތުރުވެރިން ގެންދިއުމުގައި ހޯދައިދިން ފުރުސަތުތަކަކީ އީޔޫގެ ހުރިހާ ޤައުމުތަކަކުން ވެސް ބަލައިގަންނަ ކަމެއްކަމަށް ބުނެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން