ހޯމް މިނިސްޓަރު އިހުސާންގެ އާއިލީ ވީޑިއޯއެއް މީސްމީޑިއާގައި ޢާއްމުކުރި މައްސަލަ ހޫނުވެއްޖެއެވެ.

ހޯމް މިނިސްޓަރ އިޙްސާންގެ ދަރިފުޅާއި އަނބިކަނބަލުންގެ ވީޑިއޯ ނެގުމަށް ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނާއި އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހީމް ވަހީދު މަގުމަތީގައި ތިއްބެވި ކަމަށްބުނާ ވީޑިއޯއެއް މިނިސްޓަރ އިޙްސާން ވަނީ މީސްމީޑިއާގައި ޙިއްސާ ކުރަށްވާފައެވެ.

އެ ވީޑިއޯ ޙިއްސާ ކުރަށްވަމުން އިޙްސާން ވިދާޅުވީ، އިބުރޭ އާއި، އަކްރަމް ވަނީ މިނިސްޓަރުގެ އަނބިކަނބަލުންނާއި ދަރިކަނބަލުންގެ ވީޑިއޯ ނަންގަވާފައި ކަމަށެވެ. މިނިސްޓަރ މިފަދަ ތުހުމަތެއް ކުރަށްވާފައިވާއިރު މީސްމީޑިއާގައި ޙަރަކާތްތެރިވާ ޙަސަން ކުރުސީ އެކައުންޓުން ވަނީ އެފަދަ ވީޑިއޯއެއް މީސްމީޑިއާއަށް ދޫކޮށްލާފައެވެ.



ހަމައެއާއެކު މިނިސްޓަރ އިޙްސާން ވިދާޅުވީ، މިއީ ދަށު ދަރަޖައިގެ އަމަލެއް ކަމަށާއި، ޑިމޮކްރެސީއާއި، އަންހެނުންނާއި ކުޑަކުދިންގެ ހައްގުތަކަށް ވަކާލާތުކުރާ ބަޔަކު މިފަދަ "ނާތަހުޒީބު" އަމަލުތައް ހިންގުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އެމްޑީޕީއަކީ މިފަދަ ދަށުދަރަޖައިގެ ޢަމަލުތައް ހިންގުމުގެ މާޒީއެއް އޮތް ބައެއް ކަމަށް މިނިސްޓަރު ވިދާޅުވެފައިވެއެވެ.

މިނިސްޓަރ އިޙްސާން ޢާއްމު ކުރެއްވި ވީޑިއޯއިން ފެންނަނީ، އަކްރަމް ކައިރީގައި ހުންނަވައިގެން އިބުރޭ ފޯނު ނަގައި ކުރިމަތިން ހިނގާފައިދާ ބަޔަކު ވީޑިއޯ ކުރަން މަސައްކަތް ކުރާ މަންޒަރެވެ.

ޙަސަން ކުރުސީ އެކައުންޓުން ޢާއްމު ކޮށްފައިވާ މިނިސްޓަރުގެ އާއިލީ ވީޑިއޯ އާއި ގުޅިގެން ގިނަ ބަޔަކު ދަނީ އެވީޑިއޯ އާއްމުކުރި އެކައުންޓުގެ ފަހަތުގައިވާ ފަރާތަށް ޒިންމާދާރުވުމަށް ގޮވާލާފައެވެ.



ކިޔުންތެރިންގެ ހިޔާލު