ހެލްްތުު މިނިސްޓަރ އަމީން
ހެލްްތުު މިނިސްޓަރ އަމީން
ރާއްޖެއިން ކޯވިޑް-19 އަށް ޕޮޒިޓިވް މީހަކު ނުފެންނަތާ ދުވަސްތަކެއް ވުމަކީ ފަރުވާ ކުޑަކުރަކުރަންވީ ސަބަބެއް ނޫން ކަމަށް ހެލްތް މިނިސްޓަރ ޢަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

ދަރުބާރުގޭގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވީ ރާއްޖެއިން ޕޮޒިޓިވް ކޭސްތަކެއް ނުފެންނަތާ ދުވަސްކޮޅެއްވުމަކީ ނުވަތަ ޝައްކުކުރެވޭ މީހުންގެ އަދަދު މަދުވުމަކީ ކަން ފަސޭހަކޮށްލަންވީ ވަގުތު ނޫން ކަމަށެވެ.

އަދިވެސް ވަރަށް ގިނަ ކަންތައްތަކެއް ކުރަން ހުރިކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ ރިސޯޓުތަކުންވެސް ތެދު މައުލޫމާތު ހިއްސާކުރުމަށް އެދޭކަމަށެވެ. އަދި ބައެއްފަހަރު ހުމާއި ރޯގާގެ ކޭސްތައް ފެނުމުން ކަން ފަސޭހަކޮށްލާ ނުވަތަ މައުލޫމާތު ހިއްސާކުރުމަށް ޖެހިލުންވާ ކަމަށް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ. މިނިސްޓަރ ވަނީ އެކަން އެގޮތަށް ނުކުރުމަށް ތަކުރާރުކޮށް އެދިވަޑައިގެންފަ އެވެ.

މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރ އަމީން ވިދާޅުވީ ކާފިއު އުވާލުމަށް ނިންމީ މަޝްވަރާތައް ކުރުމަށްފަހު އެ ލުއި ދިނުމަށް ފެނުމުން ކަމަށެވެ. އަދި އެގޮތަށް ނިންމުމުގައި މިވަގުތުގެ ހާލަތަށް ރިޔާއަތްކޮށްފައިވާނެކަމަށް މިނިސްޓަރ ވިދާޅުވި އެވެ. މިނިސްޓަރ ވަނީ ކާފިއު ކުރިއަށް ގެންދިޔައިރު ރައްޔިތުންގެ ފަރާތުން ލިބުނު އެއްބާރުލުމަށް ޝުކުރު އަދާކުރައްވާފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން