ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަކީ މުސްލިމުންގެ އަދުއްވެއްގެ ގޮތުގައި ސިފަކުރައްވައި، ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ. މެންބަރު އައްބާސް މިފަދައިން ވިދާޅުވީ އޭނާގެ ފޭސްބުކް އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައެވެ.

އައްބާސްގެ ޕޯސްޓުގައި ވިދާޅުވެފައިވަނީ، ރައީސް މުއިއްޒު ކުރައްވަމުން ގެންދަވާ ކަންކަމަކީ އެންމެ ނުބައި ނުލަފާ މުނާފިގުން ކުރާނެ ފަދަ ކަންކަން ކަމަށެވެ. ހާއްސަކޮށް، މުސްލިމުންނާ ދެކޮޅަށް ނުހައްގުން ކުރަމުންދާ ހަނގުރާމައެއްގައި ބައިވެރިވުމަށް ރާއްޖޭގެ ބިމުން ކުޑަ ތަންކޮޅެއް ނަމަވެސް ބޭނުންކުރަން ދިނުމަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ޔަހޫދީން މުސްލިމުންނާ ދެކޮޅަށް ކުރަމުންދާ ލާއިންސާނީ ހަނގުރާމައިގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގެންފައިވާ ކަމަށް ބެލެވޭނެ ކަމަށްވެސް އައްބާސް ވިދާޅުވިއެވެ. މި ޕޯސްޓާއެކު ސޯޝަލް މީޑިއާގައި ގިނަ ބައެއްގެ ސަމާލުކަން މި މައްސަލައަށް ވަނީ ހުއްޓިފައެވެ.



ކިޔުންތެރިންގެ ހިޔާލު