ކ. ތުލުސްދޫ އިން މ. ރަތްމަންދޫ ރައްޔިތުންނަށް ދިރިއުޅުމަށް ބޭނުންވާ ގޯތި ހަމަޖައްސައި ދީފައިވާކަން މިނިސްޓްރީ އޮފް ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓުން ރަތްމަންދޫ ކައުންސިލަށް އަންގައިފިއެވެ.
ރަތްމަންދޫ ރައްޔިތުން ތުލުސްދޫއަށް ބަދަލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމެވީ މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައެވެ. ހައުސިން މިނިސްޓްރީން މިދިޔަ މަހުގެ 25 ވަނަ ދުވަހު ރަތްމަންދޫ ކައުންސިލަށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ، ތުލުސްދޫ ކައުންސިލުން އެ ރަށުން ޖުމްލަ 44 ގޯތި ރަތްމަންދޫ ރައްޔިތުންނަށް ހަމަޖައްސައި، އެކަން ރަސްމީކޮށް އެ ވުޒާރާއަށް އަންގާފައިވާ ކަމަށެވެ.
ރަތްމަންދޫ ކައުންސިލަށް ފޮނުއްވި މި ސިޓީގައި ބުނެފައިވަނީ، ރަތްމަންދޫ ރައްޔިތުން ތުލުސްދޫއަށް ބަދަލުވުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި ކުރަންޖެހޭ އިދާރީ އަދި ފަންނީ މަސައްކަތްތައް މިހާރު ސަރުކާރުން ކުރަމުންދާ ކަމަށެވެ.
ތުލުސްދޫ ކައުންސިލުން ހަމަޖައްސާފައިވަނީ ރަތްމަންދޫއިން ބަދަލުވާން އެދުނު ފަރާތްތަކަށް "ގޯއްޗަކަށް ގޯއްޗެއް" ދޭ އުސޫލުން އެކަން ކުރިއަށް ގެންދިއުމަށް ކަމަށްވެއެވެ. އަދި އިތުރު ރައްޔިތުން އެދޭވަރަކުން ބޯހިޔާވަހިކަން ހަމަޖެއްސުމަށް ކުރަންޖެހޭ މަސައްކަތްތައް ސަރުކާރުން ކުރިއަށްގެންދާނެ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.
ރަތްމަންދޫ ރައްޔިތުން ތުލުސްދޫއަށް ބަދަލު ކުރުމުގެ މަސައްކަތުގައި އަލިމަގެއް ފެނިފައިވާއިރު، ރަތްމަންދޫގެ ރަޖިސްޓްރީގައި ތިބީ ޖުމްލަ 239 މީހުންނެވެ. ނަމަވެސް، މިވަގުތު އެ ރަށުގައި ދިރިއުޅެމުން ދަނީ ގާތްގަނޑަކަށް 100 އެއްހާ މީހުންނެވެ.

ކިޔުންތެރިންގެ ހިޔާލު