ސަރުކާރު ހިންގާ މައި ޕާޓީ، ޕީއެންސީން ދައުލަތުގެ މާލިއްޔަތު ބޭނުންކުރަމުން ދަނީ އެ ޕާޓީގެ ސިޔާސީ ހަރަކާތްތަކަށް ހޭދަކުރާ ތަނެއްގެ ގޮތުގައި ކަމަށް ތުހުމަތު ކުރަށްވައި، އެކަން ހުއްޓުވަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު ވިދާޅުވެއްޖެއެވެ.
އިދިކޮޅު އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޑރ. ޝަމްހީދު ވިދާޅުވީ، ދައުލަތުގެ ފައިސާ ޕީއެންސީގެ ސިޔާސީ ބޭނުންތަކަށް ހޭދަކުރުން ހުއްޓުވުމަށް އެމްޑީޕީން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށެވެ. އަދި ރައްޔިތުންނަށް ހަގީގަތް އޮޅުވާލައިގެން ވޯޓު ހޯދުމުގެ ސިޔާސަތު ދޫކޮށްލަންޖެހޭ ކަމަށާއި، ރާއްޖޭގެ ރައްޔިތުން މިހާރު ތިބީ އެއަށްވުރެ މާ ބޮޑަށް ހޭލުންތެރިވެފައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޑރ. ޝަމްހީދު މިއަދު ވިދާޅުވީ މި ސަރުކާރު ވެރިކަމާ ހަވާލުވީއްސުރެ ފެންނަމުން ދަނީ ރައްޔިތުންގެ ހައްގުތަކަށް އުނިކަން ލިބެމުންދާ މަންޒަރު ކަމަށެވެ. އަދި ރައްޔިތުން ތަމްސީލުކުރަން އިންތިހާބުކޮށްފައިވާ މަންދޫބުންނަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ މަންދޫބުންގެ ގޮތުގައި ބަދަލުވެފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށް ބޭއްވުމާ ގުޅޭގޮތުން ސަރުކާރުން ގެންގުޅޭ ވިސްނުމަށް ފާޑުވިދާޅުވަމުން ޝަމްހީދު ވިދާޅުވީ، އަތޮޅު ކައުންސިލްތަކުގެ ދައުރު ހަނިކޮށް، އުވާލާފައިވާ ކަމަށެވެ. އަދި ރިޔާސީ އިންތިހާބަކީ ހަމައެކަނި ފެންނަ ނުފެންނަ ވޯޓަކުން ނިންމާލެވިދާނެ ކަމެއްގެ ގޮތުގައި ދެއްކުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށްވެސް އޭނާ ތުހުމަތު ކުރެއްވިއެވެ.
"މި ސަރުކާރުގެ ފަރާތުން ޑިމޮކްރަސީ ހަރުދަނާކުރުމަށް ނުވަތަ ރައްޔިތުން ބާރުވެރި ކުރުވުމަށް އެއްވެސް ގާނޫނީ އިސްލާހެއް ނުވަތަ މަސައްކަތެއް ފެނިގެން ނުދާނެ. މިއީ ރައްޔިތުން ފުންކޮށް ވިސްނަންޖެހޭ ކަމެއް." ޝަމްހީދު ވިދާޅުވިއެވެ.
ދެ އިންތިހާބު އެއްކޮށް ބޭއްވުމާ ގުޅޭގޮތުން އެމްޑީޕީން ދަނީ ތަކުރާރުކޮށް ދެކޮޅު ހަދަމުންނެވެ. އަދި އެ ނިންމުމާ ދެކޮޅަށް މުޒާހަރާ ކުރުމަށްވެސް އެ ޕާޓީން ވަނީ އިއުލާނުކޮށްފައެވެ. އަދި ސަރުކާރުން ކުރަން އުޅޭ ކަންކަމުގެ ހަގީގަތް ރައްޔިތުންނަށް ސާފުކޮށްދިނުމަށްޓަކައި އެމްޑީޕީން މިހާރު ވަނީ އަތޮޅުތަކަށް ދަތުރުތައް ފަށާފައެވެ.

ކިޔުންތެރިންގެ ހިޔާލު