ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަދި އެމްޑީޕީގެ ގައުމީ މަޖިލިސް މެންބަރު އަހުމަދު ސަޢީދު މުހައްމަދުގެ މައްޗަށް ކޮށްފައިވާ ހުކުމުގެ އިސްތިއުނާފް މައްސަލަ ލަސްވަމުންދާތީ، އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ސައީދުގެ މައްޗަށް ސިޔާސީ ގޮތުން ދައުވާކޮށް، ނާއިންސާފު ހުކުމެއް ކުރި ފަހުން މިހާރު ފަސް މަސް ދުވަސް ވެފައިވާ ކަމަށެވެ. އަދި އެ ހުކުމް ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް ހުށަހެޅި ފަހުން ތިން މަހަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު، މިހާތަނަށް އެ މައްސަލައިގެ އެންމެ އަޑުއެހުމެއްވެސް ބާއްވާފައި ނުވާކަން އެ ޕާޓީން ފާހަގަ ކޮށްފައިވެއެވެ.
އެމްޑީޕީން ބުނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 20 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން، ގާނޫނުގެ ކުރިމަތީގައި ކޮންމެ މީހަކީވެސް ހަމަހަމަވެގެންވާ މީހެއް ކަމަށެވެ. އަދި ގާނޫނުގެ ރައްކާތެރިކަމާއި މަންފާތައް ހަމަހަމަކަމާއެކު ލިބުމަކީ ކޮންމެ ރައްޔިތެއްގެވެސް ހައްގަކަށްވާއިރު، ސައީދުގެ މައްސަލައިގައި އެ އުސޫލުތައް ހިފެހެއްޓެމުން ނުދާކަމަށް އެމްޑީޕީން ތުހުމަތު ކުރެއެވެ.
މީގެ އިތުރުން، ގާނޫނުއަސާސީގެ 32 ވަނަ މާއްދާގެ ދަށުން ކޮންމެ މީހަކަށްމެ އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި އިންސާފުން ޝަރީއަތް ކުރެވުމުގެ ހައްގު ލިބިގެންވާކަން އެ ޕާޓީން ހަނދާންކޮށްދީފައިވެއެވެ. އަދި މިފަދަ އަސާސީ ހައްގުތަކެއް ކަށަވަރުކޮށްދީފައިވާ ދައުލަތެއްގައި، ޝަރީއަތްތައް ދިގުލައިގެން ދިއުމަކީ އިންސާފަށް ހުރަސްއެޅޭ ކަމެއްގެ ގޮތުގައި އެމްޑީޕީން ސިފަކުރެއެވެ.
އެހެންކަމުން، އަހުމަދު ސައީދު މުހައްމަދުގެ އިސްތިއުނާފު މައްސަލަ އަވަސްކޮށްދިނުމަށާއި، އޭނާއަށް އިންސާފުވެރި ޝަރީއަތެއް ލިބިދިނުމަށް ކަމާބެހޭ މުއައްސަސާތަކަށް އެމްޑީޕީން ވަނީ ގޮވާލާފައެވެ.
އެމްޑީޕީން މިކަމަށް ގޮވާލާފައިވާއިރު، ފެނަކައިގެ ކުރީގެ އެމްޑީ ސަޢީދު ހަތަރު އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ ބްލޭޒަން އިންކް ކިޔާ ކުންފުންޏަކުން އެއްވެސް މަސައްކަތެއް ނުކުރަނީސް ސެޓްލްމަންޓް އެއްބަސްވުމެއް ހަދައި ފައިސާ ދޫކުރި މައްސަލައިގައި ދައުލަތުން އޭނާގެ މައްޗަށް އުފުލި ރަސްމީ ހައިސިއްޔަތުގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ ކުށް ސާބިތުވުމާއި ގުޅިގެންނެވެ.
މި މައްސަލާގައި ދައުލަތުން ސައީދާއި ފެނަކައިގެ ޕްރޮކިއުމަންޓް ހެޑް މަރިޔަމް ދީނާ ސާލިހުގެ މައްޗަށް ދަޢުވާ ކުރިނަމަވެސް ދީނާގެ ޝަރީޢަތް ކޯޓުގައި ކުރިއަށް ނުގޮސް ވަނީ މަޑުޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު