އީރާނުން ހަމަލާދޭ އަރަބި ގައުމުތަކާއެކު ރާއްޖެ އޮތްކަން އެގައުމުގެ ތަކުގެ ވެރިންނަށް ގުޅައި ހާމަކުރައްވާނެ ކަމަށް ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، އެމެރިކާ އިސްވެ އީރާނަށް ދެމުންދާ ހަމަލާތަކާ ގުޅިގެން، އީރާނުގެ ރައްދު ހަމަލާތައް އަމާޒުވަމުންދާ އަރަބި އިސްލާމީ ގައުމުތަކާއެކު ދިވެހިރާއްޖެ ސާބިތުކަމާއެކު އޮތްކަން ހާމަކުރައްވާނެ ކަމަށެވެ.
ރައީސް ފާހަގަކުރެއްވި ގޮތުގައި، އެމެރިކާގެ އަސްކަރީ މަރުކަޒުތައް ހުރި އަރަބި ގައުމުތަކަށް އީރާނުގެ މިސައިލް ހަމަލާތަކުގެ ނުރައްކާ ކުރިމަތިވެފައިވާ މި ދަނޑިވަޅުގައި، އެ ގައުމުތަކުގެ ވެރިންނާ ފޯނުން ގުޅުއްވައި ރާއްޖޭގެ ތާއީދާއި އެއްބާރުލުން އޮތްކަން ހާމަކުރުމުގެ މަސައްކަތްޕުޅު މިހާރު ދަނީ ކުރިއަށެވެ. އެގޮތުން، ޔޫއޭއީގެ ރައީސާ އިއްޔެ ފޯނުން ގުޅުއްވައި، އެ ގައުމާއެކު ރާއްޖެ އޮތްކަން ހާމަކުރައްވާފައިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން، މިއަދުގެ ވަގުތެއްގައި ސައުދީ އަރަބިއްޔާގެ ވަލީއަހުދު މުޙައްމަދު ބިން ސަލްމާނާއި، ބަހްރެއިން އަދި ގަތަރުގެ އިސްވެރިންނާ ފޯނުން ގުޅުއްވައި، އެ ގައުމުތަކަށް ކުރިމަތިވެފައިވާ ނުރައްކާތެރި ހާލަތުގައި ރާއްޖެއިން އެ ގައުމުތަކާއެކު އޮތްކަން ފާހަގަކުރައްވާނެ ކަމަށް ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.
މެދުއިރުމަތީގެ މަސްރަހާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރާއްޖެއިން ކުށްވެރިކުރަނީ ހަމައެކަނި އީރާނުގެ ހަމަލާތައް ނޫން ކަމަށެވެ. "އީރާން އެކަންޏެއް ނޫން، އެމެރިކާއިން ވެސް އީރާނުން ވެސް، އިޒްރޭލުން ވެސް، ހުރިހާ، އެ ތިން ގައުމުން އެ ދޭ ހުރިހާ ހަމަލާ އެއްވެސް ދިވެހި ސަރުކާރުން ކުށްވެރިކުރަން،" ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، ސަރަހައްދީ ހަމަޖެހުމަށްޓަކައި މިހާރު ކުރިއަށްދާ ހަނގުރާމަ ވަގުތުން ހުއްޓައިލުމަށް ރާއްޖެއިން ގޮވައިލާ ކަމަށެވެ.
އެމެރިކާ އިސްވެ އިސްރާއީލާ ގުޅިގެން އީރާނަށް ދެމުންދާ ހަމަލާތަކުގެ ރައްދުގައި، އީރާނުން ގެންދަނީ ސައުދީ، ގަތަރު، ޔޫއޭއީ އަދި ބަހްރެއިންގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް ހަމަލާތައް ދެމުންނެވެ. މިކަމުގެ ސަބަބުން މުޅި މެދުއިރުމަތީގެ މަސްރަހު ވަނީ ނުތަނަވަސްކަމެއްގެ ތެރޭގައެވެ.

ކިޔުންތެރިންގެ ހިޔާލު