އީރާނުން ޔޫއޭއީއަށާއި ބައެއް އެހެން ގައުމުތަކަށް އަމާޒުކޮށް ދެމުންދާ ހަމަލާތައް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައިފިއެވެ.
ރައީސް މިކަން ހާމަކުރެއްވީ ޔޫއޭއީގެ ރައީސް ޝައިހް މުހައްމަދު ބިން ޒައިދު އާލް ނަހްޔާނާ ފޯނުން ގުޅުއްވައި ދެއްކެވި ވާހަކަފުޅުގައެވެ. މިއީ އީރާނުން ދެމުންދާ މިފަދަ ހަމަލާތަކެއް ދިވެހި ސަރުކާރުން ސީދާ ގޮތެއްގައި ކުށްވެރިކުރި ފުރަތަމަ ފަހަރެވެ.
ޔޫއޭއީގެ ރައީސްގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން، ރައީސް މުއިއްޒު ވަނީ އީރާނުގެ މި ހަމަލާތަކަކީ ބަލައިގަނެވޭނެ ކަންކަމެއް ނޫން ކަމަށް ވިދާޅުވެފައެވެ.
އަދި މި ދަނޑިވަޅުގައި ދިވެހިރާއްޖެ އޮތީ ޔޫއޭއީއާ އެކު ސާބިތުކަމާއެކު ކަމުގެ ޔަގީންކަން ވެސް ރައީސް ވަނީ ދެއްވާފައެވެ. މި ހަމަލާތަކަކީ އެމެރިކާ އާއި އިޒްރޭލުން އީރާނުގެ ރޫހާނީ ލީޑަރު އާޔަތުއްލޯ ހާމަނާއީ އަވަހާރަކޮށްލުމާ ގުޅިގެން، ބަދަލުހިފުމުގެ ގޮތުން އީރާނުން ދެމުންދާ ހަމަލާތަކެކެވެ.
ދެ ގައުމުގެ ލީޑަރުންގެ މި މަޝްވަރާގައި، މެދުއިރުމަތީގެ މަސްރަހު އިތުރަށް ގޯސްވިޔަނުދީ ހަމަނުޖެހުންތައް ވަގުތުން ހުއްޓާލުމުގެ މުހިންމުކަމުގެ މައްޗަށް ބާރުއެޅުއްވިއެވެ. އަދި ސަރަހައްދީ ސުލްހަ ގާއިމުކުރުމަށްޓަކައި ޑިޕްލޮމެޓިކް އުސޫލުތަކުން މައްސަލަތައް ހައްލުކުރުމަށް ދެ ބޭފުޅުންވެސް އިއްތިފާގުވެވަޑައިގެންނެވިއެވެ.
ޔޫއޭއީގެ ރައީސް ވަނީ ރައީސް މުއިއްޒު ދެއްވި އެއްބާރުލުމަށްޓަކައި ޝުކުރު އަދާކުރައްވައި، މިއީ ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން ރަންގަޅަށް ހާމަވެގެންދާ ކަމެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު