ކީ ސްޓޭޖް އެކަކާއި ކީ ސްޓޭޖް ދޭކަށް އަންނަ ހަފުތާގައި ޓެލިކިލާސް ފަށާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީ ވިދާޅުވެއްޖެއެވެ.
ދަރުބާރު ގޭގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޑިއުކޭޝަން މިނިސްޓަރ ޑރ. އާއިޝަތު އަލީ ވިދާޅުވީ ކޯވިޑް-19 އާއި ގުޅިގެން އިމަޖެންސީ ހާލަތުގައި އަމަލުކުރާނެ ގޮތުގެ ޕްލޭންތައް އެކުލަވާލާފައިވާކަމަށެވެ. އަދި އެކި ލެވަލްތަކުގައި އަމަލުކުރާނެ ގޮތްތައް ވަކިވަކިން އެކުލަވާލާފައިވާކަމަށާއި، ދަރިވަރުންނަށް ކްލާސްތައް ނަގައިދިނުމުގައި ދުނިޔޭގެ އެހެން ޤައުމުތަކުން އަމަލުކުރަމުން އަންނަ ގޮތްތައް ބަލައި ދިރާސާކޮށްފައިވާކަމަށެވެ.
މިނިސްޓަރ ވިދާޅުވީ ޓެލެކްލާސްތަކުގެ އިތުރުން ގޫގުލް ކްލާސް މެދުވެރިކޮށް ދަރިވަރުންނާއި މުއާމަލާތްކޮށްގެން ކްލާސްތައް ނަގައިދެމުން އަންނަ ކަމަށެވެ. މީގެއިތުރުން އިންޓަނެޓް އަދި ޓީވީ ނުލިބޭ ފަރާތްތައް ދެނެގަނެ، އެ ކުދިންނަށް ތައުލީމް ފޯރުކޮށްދެވޭނެ އިންތިޒާމްތައްވެސް ހަމަޖައްސާފައިވާކަމަށް މިނިސްޓަރ ވިދާޅުވި އެވެ.
"މިއުޅެނީ ސިލަބަސް ކަވާކުރުމަށް ވުރެ ބޮޑަށް ގައުމުގެ ހާލަތަށް ބަލައިގެން. އަންނަ ހަފުތާގައި ކީ ސްޓޭޖް އެކެއް ދޭކަށް ކިޔަވައިދޭން ނިންމާފައިވާއިރު މިކިޔަވައިދޭން ނިންމާފައި ވަނީ ލިޓްރަސީ އަދި ނިއުމަރަސީއަށް ބޮޑަށް ފޯކަސްކޮށްގެން މިކަން ކުރަން." މިނިސްޓަރ ވިދާޅުވިއެވެ.
މިހާރު މަސައްކަތް ކުރަމުން ދަނީ އެކުދިން ދަސްކުރާ މިންވަރު މޮނިޓާ ކުރެވޭތޯ ކަމަށާއި، މިގޮތަށް ކިޔަވާއިރު އިންޓަނެޓް މެދުވެރިކޮށް މި ހިނގާ ނޭދެވޭ ކަންކަމުން އަރައިގަތުމަށް ބެލެނިވެރިން ވަރަށް ސަމާލުވާން ޖެހޭނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އިންޓަނެޓް ޑޭޓާ އަށް އެއްވެސް ކުއްޖަކަށް ދަތިނުވާނެކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ ޑާޓާ އަޅަން ބޭނުންވާ މޮބައިލް ނަމްބަރު މިނިސްޓްރީ އަށް އެންގުމުން އެ ނަމްބަރަށް ޑޭޓާ ފޮނުވާނެކަމަށެވެ. އަދި އޯލެވެލް އިމްތިހާން ބާއްވާ ދުވަސްވަރު ބަދަލުކުރުމާއި ގުޅޭގޮތުން ވެސް ކޭމްބްރިޖާ މަޝްވަރާކުރަމުން އަންނަ ކަމަށާ އަދި އެސްއެސްސީ އިމްތިހާނު ބާއްވާ ތާރީޚަށްވެސް ބަދަލު ގެންނާނެ ކަމުގައި މިނިސްޓަރ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު