ޑރ. އަލީ ލަތީފް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ
ޑރ. އަލީ ލަތީފް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ
ކޯވިޑް-19 އާއި ގުޅިގެން އިޢުލާން ކޮށްފައި އޮތް ކާފިއު އުވާލިނަމަވެސް މަގުމައްޗަށް ނުކުމެ ނޫޅުމަށާއި 24 ގަޑިއިރުގެ ތެރޭގައިވެސް މިހާރު އޮތް ހާލަތު ބަދަލުވެދާނެ ކަމުގައި ޑރ އަލީ ލުތީފް ވިދާޅުވެއްޖެއެވެ.

ކޯވިޑް-19 އާއި ގުޅޭ ގޮތުން މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ޑރ. އަލީ ލަތީފް ވިދާޅުވީ ކޯވިޑް-19 އާއި ގުޅިގެން އިޢުލާންކުރި ކާފިއު އުވާލަން ނިންމީ ރާއްޖޭގައި ކޮމިއުނިޓީ ސްޕްރެޑެއް ނުވަތަ މުޖުތަމަޢުގެ ތެރޭގައި ބަލިފެތިރޭކަމުގެ ނިޝާނެއް ފެންނާން ނެތުމުންނެވެ.

ޑރ. ވިދާޅުވީ ކުރިން ވެސް ފެނިގެން ގޮސްފައިވަނީ ކާފިއު ގަޑި ނިމުމުން ވަރަށް ގިނަ ބަޔަކު މަގުތަކަށް ނުކުމެ އުޅެމުން ދިޔަ މަންޒަރު ކަމަށެވެ. މިހާރު ކާފިއު އުވާލާފައި އޮތް ނަމަވެސް ކާފިއު އިޢުލާނު ކުރަންޖެހޭ ހާލަތެއް 24 ގަޑިއިރުގެ ތެރޭގައިވެސް އަތުވެދާނެކަމުގައި ޑރ. ލަތީފް ވިދާޅުވިއެވެ. ކާފިއު ނިމުމަކަށް ގެނައި ނަމަވެސް ޒަރޫރީ ބޭނުމެއް ނެތި ބޭރުގައި ވަގުތު ހޭދަކުރުން ރަނގަޅު ނޫން ކަމަށް ޑރ. ޢަލީ ލަތީފް ވިދާޅުވިއެވެ.

ޑރ. އަލީ ލަތީފް ވިދާޅުވީ ކާފިއު ގަޑި ނިމުމުން ގިނަ ބަޔަކު ރަށުތެރެއަށް ނުކުމެ އުޅުނު މަންޒަރު ފެނުމަކީ ވަރަށް ދެރަކަމެއްކަން ފާހަގަ ކުރައްވަމުން ޑރ. ލަތީފް ވިދާޅުވީ އެކަމުގެ ސަބަބުން ކާފިއުގެ ބޭނުން ކެނޑިގެންދާ ކަމުގައެވެ. އަދި ކާފިއުގެ ވަގުތު ޤައުމުތަކުން އިތުރުކުރިނަމަވެސް، ރާއްޖޭގެ ހާލަތަށް ބަލާއިރު ކޮމިއުނިޓީ ސްޕްރެޑެއް ނެތުމަކީ އުފާކުރަންޖެހޭ ކަމެއް ކަމަށް ޑރ. އަލީ ލަތީފް ވިދާޅުވި އެވެ.

ޑރ. އަލީ ލަތީފް ވަނީ ކާފިއު އުވާލިނަމަވެސް މަގުތަކަށް ނުނުކުތުމަށް އިލްތިމާސްކުރައްވާފަވެ. އަދި މިއީ ސީރިއަސްކަމެއްގެ ގޮތުގައި ނެގުމަށް ޑރ. އެދިވަޑއިގެންނެވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން