ގްރޭޑް 7ގެ ޓެލެކްލާހެއް ކުރިއަށްދަނީ (ފޮޓޯ- އެޑިއުކޭޝަން މިނިސްޓްރީ ޓްވިޓަރ)
ގްރޭޑް 7ގެ ޓެލެކްލާހެއް ކުރިއަށްދަނީ (ފޮޓޯ- އެޑިއުކޭޝަން މިނިސްޓްރީ ޓްވިޓަރ)
ޓެލެކިލާސްތައް ހިންގުމަށާއި އޮންލައިންކޮށް ކުރިއަށް ގެންދާ ކިޔަވައިދުނުމުގެ ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ކޮންމެ ދަރިވަރަކަށާއި، ޓީޗަރަކަށް މަހަކު ފަސް ޖީބީ އިންޓަނެޓް ޑޭޓާ ހިލޭ ފޯރުކޮށްދޭ ކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ވިދާޅުވީ މިދޭ ޑޭޓާގެ ބޭނުން ނަހަމަ ގޮތުގައި ބޭނުން ނުކުރެވޭ ފިޔަވަޅުތައްވެސް އަޅަމުން ގެންދާ ކަމަށާއި އެގޮތުން ބައެއް ޔޫއާރްއެލް ތަކަށް ނުވަދެވޭ ގޮތް ވެސް ވާނީ ހަދާފައި ކަމަށެވެ. އެހެން ކަމުން ދަރިވަރުންނަށް އެ ޑޭޓާ ނުރަނގަޅު ގޮތުގައި ބޭނުން ނުކުވޭނެ ކަމުގެ ޔަޤީންކަން އެކަމަނާއަށް އެބައޮތް ކަމުގައި ވިދާޅުވިއެވެ.

ދަރިވަރުން ޓެލިކްލާސްތަކަށް އެންގޭޖްވާ މިންވަރު، ކިއުއާރު ކޯޑެއް މެދުވެރިކޮށް ބަލަމުން ގެންދާ ކަމަށާއި، އަދި ގޫގުލް ޝީޓެއް ބޭނުންކޮށްގެންވެސް އެކަން ބަލަމުން ގެންދާ ކަމުގައި މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ އަލްކައުން ޗެނަލް މެދުވެރިކޮށް އަރަބިއްޔާ ސްކޫލުގެ ދަރިވަރުންނަށް އަރަބި ކްލާސްތައް ކުރިއަށްދާނެ ކަމަށާއި، އަދި ގޫގުލް ކްލާސްރޫމް މެދުވެރިކޮށް އިތުރު ފިލާވަޅުތައް ނަގައިދެމުންދާނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން