ކަންކަން ނިންމުމުގައި ހަމައެކަނި އަމިއްލަ ފައިދާއަށް އިސްކަންދީފިނަމަ، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ބޮޑު "ލަނޑެއް" ލިބިދާނެ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް (އިބޫ) އިންޒާރު ދެއްވައިފިއެވެ.
ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕޭނަށް އެމްޑީޕީން ރޭ ކާފު އަތޮޅު މާފުށީގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ، ޤާނޫނުއަސާސީ އިޞްލާޙުކޮށް ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށްލުމަށް ސަރުކާރުން ކުރާ މަސައްކަތަކީ އޭގެ ނަތީޖާ ވަރަށް ހިތިވެދާނެ ކަމެއް ކަމަށެވެ.
ރައީސް ޞާލިޙް ވަނީ އެމަނިކުފާނު މަޖިލީހުގައި އުޅުއްވި ދުވަސްވަރުގެ ތަޖުރިބާ ހިއްސާކުރައްވާފައެވެ. އެގޮތުން، ރިޔާސީ ނިޒާމެއްގައި ހުރިހާ ބާރުތަކެއް މަޖިލީހަށް ޖަމާކޮށްފައި އޮތުމުން އެކަމުގެ ކަންބޮޑުވުން އޭރުގެ ސީނިއަރ މެންބަރުންނާ ހިއްސާކުރެއްވި ކަމަށް ރައީސް ސާލިޙް ވިދާޅުވިއެވެ.
"ވިދާޅުވީ އިބޫ އޭ ތި ވާހަކަ އެހާ ބޮޑަށް ނުދައްކަޗޭ. ތިމަންނަމެންނަށް ފެންނަގޮތުގައި 2008 ވަނަ އަހަރުވެސް ރާއްޖޭގެ ވެރިކަމަށް އަދި އަންނާނީ ރައީސް މައުމޫނޭ، ރައީސް މައުމޫން ބަލިކުރެވޭތަނެއް ތިމަންނަމެންނަކަށް ނުފެނޭ. އެކަމަކު ރައްޔިތުންގެ މަޖިލިސް ތިމަންނަމެން ނަގާނަމޭ،" އޭރުގެ މެންބަރުން ދެއްކެވި ވާހަކަ ފާހަގަކުރައްވަމުން ރައީސް ސާލިޙް ވިދާޅުވިއެވެ.
ނަމަވެސް 2008 ގައި ކަންވީ އޭގެ އިދިކޮޅަށް ކަމަށާއި، ވެރިކަން އެމްޑީޕީއަށް ލިބުނުއިރު މަޖިލީހުގެ އަޣުލަބިއްޔަތު އޮތީ ރައީސް މައުމޫނަށް ކަމަށް ރައީސް ސާލިޙް ވިދާޅުވިއެވެ.
ރައީސް ޞާލިޙް ވިދާޅުވިގޮތުގައި 2013 އިން ފެށިގެން ރާއްޖޭގައި ކަން ހިނގާފައިވަނީ ވެރިކަމަށް އަންނަ ޕާޓީއަކަށް މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތެއް ލިބޭ ގޮތަށެވެ. އެގޮތުން 2014 ގައި ރައީސް ޔާމީން 65 އިންސައްތަ، 2019 ގައި އެމްޑީޕީން 75 އިންސައްތަ، އަދި 2024 ގައި ރައީސް މުޢިއްޒު 87 އިންސައްތަ ގޮނޑި ކާމިޔާބު ކުރެއްވިކަން ރައީސް ސާލިޙް ފާހަގަކުރެއްވިއެވެ.
ދެ އިންތިޚާބު އެއްކޮށްލުމުން ނުކުމެދާނެ ނަތީޖާއާ މެދު ވިސްނާލުމަށް އެދިވަޑައިގަންނަވަމުން ރައީސް ސާލިޙް ވިދާޅުވީ، އޭރުން ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ދޮރު މުޅިން ބަންދުވާނެ ކަމަށެވެ.
"ފަސްއަހަރު ދުވަހާ ސަރުކާރާ ދޭތެރޭގައި އެއްޗެއް ބުނެވޭނެ ފުރުސަތެއް އަޅުގަނޑުމެންނަކަށް ދެން ނޯންނާނެ. ކޮންމެ ކަމެއް ކޮންމެ ގޮތަކަށް ކުރިޔަސް،" ރައީސް ސާލިޙް ވިދާޅުވިއެވެ.
ރައީސް ސާލިޙް އިތުރަށް ވިދާޅުވީ 60 މިލިއަން ރުފިޔާ ސަލާމަތްކުރަން ދެ އިންތިޚާބު އެއްކުރާކަށް ރައްޔިތުން ބޭނުން ނުވާ ކަމަށާއި، އޭގެއިން ލިބޭ ގެއްލުން މާ ބޮޑުވާނެ ކަމަށެވެ. އަދި މިކަމަށް ރައްޔިތުން "ނޫނެކޭ" ބުނަންޖެހޭ ކަމަށާއި، އެހެން ނޫންނަމަ ރާއްޖެ ބޮޑު ހަލާކެއްގެ ތެރެއަށް ވެއްޓިގެންދާނެ ކަމަށްވެސް ރައީސް ސާލިޙް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު