ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލިސް އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަށް ގާނޫނުއަސާސީއަށް ގެންނަން މަޖިލީހުން ފާސްކޮށްފައިވާ އިސްލާހު ތަސްދީގުކުރުމާ މެދު ނަގާ ފެންނަނުފެންނަ ވޯޓު (ރިފަރެންޑަމް) ހުއްޓުވަން ސުޕްރީމް ކޯޓަށް ދިއުމުގެ ވަގުތު އަދިވެސް އެބައޮތް ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަޙްމަދު އަބްދުﷲ ދީދީ މިއަދު ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ޑރ. އަޙްމަދު ވިދާޅުވީ، ގާނޫނުއަސާސީ އިސްލާހުކުރަން މަޖިލީހުން ނިންމި ނިންމުމަކީ ގާނޫނީ ގޮތުން ސައްހަ ނިންމުމެއް ނޫން ކަމަށެވެ. އަދި މި ވޯޓުގައި "ނޫނެކޭ" ބުނަން ރައްޔިތުންނަށް ގޮވައިލައްވަމުން އޭނާ ވިދާޅުވީ، މަޖިލިސް ޗުއްޓީގައި އޮށްވައި ދައުރުން ބޭރު ޖަލްސާއެއް ބާއްވައިގެން މި އިސްލާހު ފާސްކުރުމަކީ އޭގެ އިޖުރާއީ ސައްހަކަން ނުވަތަ 'ލެޖިޓެމެސީ' ގެއްލިފައިވާ ކަމެއް ކަމަށެވެ.
ދެ އިންތިޚާބު އެއްކޮށްލަން ހުށަހެޅި ސަބަބު ބިލުގައި ބަޔާންކޮށްފައި ނެތްކަން ފާހަގަކުރައްވައި ޑރ. އަޙްމަދު ވިދާޅުވީ، އެކަމުގެ މަގުސަދު ހާމަވަނީ ސިޔާސީ ބޭފުޅުންނާއި ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުތަކުން ކަމަށެވެ. "ރައީސުލްޖުމްހޫރިއްޔާގެ ތަގުރީރެއްގައި، އަޅުގަނޑު ކަނޑައަޅައިފައި އޮތީއޭ، އަޅުގަނޑު ހުށަހަޅަން ނިންމި އެއްޗެކޭ. އެހެންވީމާ އެއިން ވެސް ދޭހަވެގެންދޭ އެއީ ޝަޚްސީ މައްސަލައެއްކަން." އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، ގާނޫނުއަސާސީ އިސްލާހު ކުރުމުގައި ފުރިހަމަކުރަންޖެހޭ ޚާއްސަ މަރުހަލާތަކަށް ވަގުތު ނުދީ، އާދައިގެ ގާނޫނަކަށްވުރެ ވެސް މާ އަވަސް މިނެއްގައި މިކަން ނިންމާލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އަޙްމަދު ވިދާޅުވިއެވެ.
ރިފަރެންޑަމްގައި އަހާ ސުވާލާ ގުޅޭގޮތުން ޑރ. އަޙްމަދު ވިދާޅުވީ، އެއީ ޣައިރު ދުސްތޫރީ ސުވާލެއް ކަމަށެވެ. "އެއްވެސް ހާލެއްގައި އެއީ ތަސްދީގުކުރަން ފެނޭތޯއެއް ނޫން.. ސުވާލަކަށް ވާންވާނީ ގާނޫނު އަސާސީ އިސްލާހުކުރަން ރައްޔިތުންގެ މަޖިލީހުން ނިންމި ނިންމުމާ މެދު ރައްޔިތުން ރުހޭތޯ ނުވަތަ ނޫންތޯ." އޭނާ ތަފްސީލް ކޮށްދެއްވިއެވެ.
އޭގެ އިތުރުން ކުރީގެ އުއްތަމަ ފަނޑިޔާރު ވިދާޅުވީ، މިފަދަ އަސާސީ ބަދަލެއް ގެންނަންވާނީ ހަމައެކަނި ފަސް އަހަރަށް ހޮވާފައިވާ މަޖިލީހަކުން ބޭނުންވުމުން ނޫން ކަމަށާއި، އެކަމަށްޓަކައި ޚާއްސަ މަޖިލީހެއް އެކުލަވައިލަންޖެހޭ ކަމަށެވެ. އަދި މި އިސްލާހަކީ އަންކޮންސްޓިޓިއުޝަނަލް ނުވަތަ ގާނޫނުއަސާސީއާ ޚިލާފު އިސްލާހަކަށް ވާތީ، ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅައިގެން މިކަން ހުއްޓުވުމުގެ ފުރުސަތު އަދިވެސް އެބައޮތް ކަމަށް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު