އިސްރާއީލުގެ އިސްތިއުމާރީ ބާރުތަކުން މަސްޖިދުލް އަޤްޞާގެ ދޮރުތައް ބަންދުކޮށް، މުސްލިމުންނަށް އެ މިސްކިތަށް ނުވަދެވޭ ގޮތް ހެދުމާ ގުޅިގެން، ދިވެހި ސަރުކާރުން އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
މިކަމާ ގުޅިގެން ދިވެހި ޚާރިޖިއްޔާ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ބަރަކާތްތެރި ރަމަޟާން މަހުގެ ތެރޭގައި އިސްރާއީލުގެ އިސްތިއުމާރީ ބާރުތަކުން މަސްޖިދުލް އަޤްޞާގެ ދޮރުތައް ނަމާދުކުރާ މީހުންނަށް ނުވަދެވޭ ގޮތަށް ބަންދުކޮށްފައި ބެހެއްޓުމަކީ ދިވެހި ސަރުކާރުން ނުހަނު ކަންބޮޑުވުމާއެކު ކުށްވެރިކުރާ ކަމެއް ކަމަށެވެ.
ޚާރިޖިއްޔާގެ ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، މުސްލިމުންގެ މި މާތް މައްސަރުގައި، އިސްލާމްދީނުގެ އެންމެ މުޤައްދަސް އެއް ބިނާއަށް ވަދެއުޅުން ހަނިކުރުމަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ކަނޑައެޅިގެން ޚިލާފު އަމަލެކެވެ. އަދި މިއީ މަސްޖިދުލް އަޤްޞާގެ މުޤައްދަސްކަމާއި، ޤާނޫނީ ހައިސިއްޔަތާއި ދީނީ މުހިންމުކަމަށް އުނިކަން އަންނަ ގޮތަށް ގަސްތުގައި ހިންގާ އިހާނެތި އަމަލެއްގެ ގޮތުގައި ސަރުކާރުން ވަނީ ސިފަކޮށްފައެވެ.
އިންސާނީ ޙައްޤުތަކަށް އަރައިގަނެ، އިސްލާމީ އުންމަތުގެ އެންމެ މުޤައްދަސް އެއް ބިނާގެ 'ސްޓޭޓަސް ކޯ' ނުވަތަ މިހާތަނަށް އޮތް ޙާލަތަށް އިސްރާއީލުން އިޙްތިރާމް ކުޑަކުރަމުންދާ ދިއުމާމެދު ދިވެހި ސަރުކާރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެހެންކަމުން، އިސްރާއީލުން ހިންގާ މިފަދަ ލާއިންސާނީ އަމަލުތަކަށް އެ ޤައުމު ޒިންމާދާރުކުރުވުމަށާއި، މިފަދަ އަމަލުތައް ހުއްޓުވުމަށް ބައިނަލްއަޤްވާމީ މުޖުތަމައުން ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ދިވެހި ސަރުކާރުން ވަނީ ތަކުރާރުކޮށް ގޮވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު