އއ ދިގުރަށުގައި ބިދޭސީން އުޅޭ އެކޮމަޑޭޝަން ބްލޮކެއްގައި އަލިފާން ރޯވެ 5 މީހަކު ނިޔާވެއްޖެ އެވެ.

ފުލުހުންގެ ޚިދުމަތުން ބުނީ އދ. ދިގުރަށުގައި ބިދޭސީ މަސައްކަތްތެރިން ދިރިއުޅޭ އެކަމަޑޭޝަން ބްލޮކެއްގައި މިރޭ ހިނގި އަލިފާނުގެ ހާދިސާ އެއްގައި އަށް މީހަކަށް އެކިވަރުގެ އަނިޔާ ލިބިގެން ދިގުރަށު ސިއްޙީ މަރުކަޒަށް ގެންގޮސްފައިވާ ކަމަށެވެ. އެގޮތުން މި ހާދިސާގައި އަނިޔާލިބުނު މީހުންގެ ތެރެއިން ފަސް މީހަކު ނިޔާވެފައިވާކަން ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން އިތުރަށް ބުނީ މި ހާދިސާގައި ސީރިއަސް އަނިޔާތަކެއް ލިބި، ބޮޑަށް ފިހިފައިވާ ދެ މީހަކަށް އިތުރު ފަރުވާ ދިނުމަށްޓަކައި މާލެ ގެނެސްފައިވާ ކަމަށެވެ.

މި ހާދިސާގެ ތަހުގީގަށް މާލެއިން ފުލުހުންގެ ހާއްސަ ޓީމެއް ދިގުރަށަށް ދިއުމަށް ވަނީ ހަމަޖެހިފައެވެ. މި ތަހުގީގު ޓީމުގައި މެޑިކަލް ޑޮކްޓަރެއް ހިމެނޭ ކަމަށް ފުލުހުން ބުންޏެވެ.

މި ހާދިސާގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިރޭ 2:00 އެހައިކަންހާއިރު އެވެ. ރޯވި އަލިފާން މިހާރު ނިއްވާލާފައިވާކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު