މިނިސްްޓަރ އަމީން ދުނިޔޭގެ ޞިއްހަތު ޖަމިއްޔާއިން ހަދިޔާކުރި ޓެސްޓް ކިޓް ތަކާއި ހަވާލުވެ ވަޑައިގަންނަވަނީ
މިނިސްްޓަރ އަމީން ދުނިޔޭގެ ޞިއްހަތު ޖަމިއްޔާއިން ހަދިޔާކުރި ޓެސްޓް ކިޓް ތަކާއި ހަވާލުވެ ވަޑައިގަންނަވަނީ
ކޯވިޑް-19 ރާއްޖޭގައި ނޫޅޭ ކަމަށް ގަބޫލުކުރުމަކީ ގޯހެއް ކަމުގައި ހެލްތު މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވެއްހެއެވެ.

ކޯވިޑް-19 އާއި ބެހޭ ގޮތުން އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަމީން ވިދާޅުވީ ކޮންމެ ދުވަހަކު އެއްކުރާ މައުލޫމާތު ތަކުގެ މައްޗަށް ބަލާއިރު މިބަލި ރާއްޖޭގައި ނެތޭ ބުނަން އަދި ދަތި ކަމަށާއި، ހާލަތު ރަނގަޅު ކަމަށް ގަބޫލުކުރުން ވެސް އަދި ރަނގަޅު ނޫން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ހަމައެއާއެކު މިވަގުތު އެޅިފައިވާ ފިޔަވަޅުތަކުން އަދި ކޮމިއުނިޓީ ސްޕްރެޑެއް (މުޖުމަޢުގެ ތެރޭގައި ބަލިފެރުން) އޮތްކަން ގަބޫލުކުރެވެން ނެތްކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދިވެސް ވަރަށް ބޮޑަށް ފާރަވެރިވާން ޖެހޭ ކަމަށާއި، ޚާއްޞަކޮށް ގޭގައި މަޑުކޮށް، އިޖުތިމާޢީ ގައިދުރުކަމަށް ޚާއްޞަ ސަމާލުކަމެއްދޭން ޖެހޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ މިރޭ ވިދާޅުވީ ރާއްޖެއިން ބޭރުގައި ތިބި ސިއްހީ ދާއިރާއިން މަތީ ތަޢުލީމު ހާސިލު ކުރަމުންދާ 70 ވަރަކަށް ދަރިވަރުން މިހާރު ރާއްޖެ ގެނަސްފައިވާ ކަމަށެވެ. އެމީހުން ވަރަށް އަވަހަށް ޞިއްޙީ ދާއިރާގެ މަސައްކަތަށް ނުކުންނާނެކަން ފާހަގަ ކުރަށްވާ މިނިސްޓަރ ވިދާޅުވީ، ބަލި ފެތުރި ނުރައްކާވާ ހާލަތްތަކުގައި އެންމެ ބޮޑަށް ބޭނުންވާނީ ޞިއްޙީ ދާއިރާގައި މަސައްކަތްކުރާ މީހުން ކަމަށެވެ. ރާއްޖެއިން ބޭރުން ގެނައި މި މީހުންގެ ތެރެއިން ބައެއް މީހުން މިހާރު ކަރަންޓީނުގެ މުއްދަތު ހަމަކޮށްފައިވާ ކަމާއި އެމީހުންގެ ޚިދުމަތް ރާއްޖޭގެ ޞިއްޙީދާއިރާއަށް ލިބޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމުގައި އަމީން ވިދާޅުވިއެވެ.

ޞިއްޙީ ޚިދުމަތްތެރިންގެ އިތުރުން ރާއްޖެއިން ބޭރުގައި ތިބި އެހެން ދިވެހިން ވެސް ރާއްޖެ ގެނައުމަށް ސަރުކާރުން މަސައްކަތް ކުރަމުން ގެންދާ ކަމުގައި މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ މިރޭވެސް ވަނީ މިކަމުގައި ކުރިމަތިވެފައި ހުރި ދަތި އުނދަގޫތަށް ތަކުރާރު ކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން