މެލޭޝިއާއިން ކޯވިޑް-19 އަށް ދިވެއްސަކު ޕޮޒިޓިވް ވި ވާހަކައަކީ ރަނގަޅުވާހަކައެއް ކަމަށާއި އޭނާގެ ހާލު ރަނގަޅުކަމަށް މެލޭޝިއާގެ ހެލްތު މިނިސްޓްރީއާ ހަވާލާދީ އެޤައުމުގައި ހުންނަ ރާއްޖޭގެ އެމްބަސީން ބުނެފިއެވެ.
ދިވެހި އެމްބަސީން މިރޭ ބުނީ މި މަހުގެ ނެވަ ވަނަ ދުވަހު މެލޭޝިއާގެ ހެލްތު މިނިސްޓްރީން ހާމަ ކޮށްފައިވާ ބައްޔަށް ޕޮޒިޓިވް ވި މީހުންގެ ލިސްޓުގައި ދިވެއްސަކު ހިމެނިފައިވާތީ އެކަން އެފަރާތުން ސާފުކޮށްދީފައިވާ ކަމަށެވެ. މިއަށްވުރެ އިތުރު މައުލޫމާތެއް އެމްބަސީން ހާމަކޮށްފައެއް ނުވެއެވެ.
މެލޭޝިއާއިން ދިވެއްސަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވި ކަން އެޤައުމުގެ ހެލްތު މިނިސްޓްރީން އާންމުކޮށްފައިވަނީ އެޤައުމުން ބައްޔަށް ޕޮޒިޓިވް ވެފައިވާ ބޭރު ޤައުމު ތަކުގެ މީހުންގެ ލިސްޓު އާންމު ކުރިއިރުއެވެ.

ކިޔުންތެރިންގެ ހިޔާލު