ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމާ ގުޅޭގޮތުން ރައްޔިތުންގެ މެދުގައި ނަގާ ފެންނަ ނުފެންނަ ވޯޓަކީ، ޤާނޫނުއަސާސީއާއި ޤާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކުރިއަށްގެންދެވޭ ވޯޓެއް ކަމަށް ބަންޑާރަ ނައިބުގެ އޮފީހުން މިއަދު ބުނެފިއެވެ.
ބަންޑާރަނައިބުގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާ އެކު ކުރިއަށްގެންދަން ނިންމާފައިވާ މި ވޯޓަކީ، ޤާނޫނުއަސާސީއަށް 8 ވަނަ އިސްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރެއްވުމާ މެދު ރައްޔިތުންގެ ބަހެއް ހޯދުމަށް ބާއްވާ ވޯޓެއް ކަމަށެވެ. މި ބިލަކީ ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެކުއެކީގައި ބޭއްވުމަށް އިދާރީ ގޮތުން މަގުފަހިކުރުމަށާއި، މަޖިލީހުގެ ދައުރު ފެށޭ ތާރީޚަށް ބަދަލު ގެނައުމަށްޓަކައި ހުށަހަޅާފައިވާ ބިލެއް ކަމަށް އެބަޔާނުގައި ބުނެފައިވެއެވެެ.
ބަންޑާރަ ނައިބުގެ އޮފީހުން ބުނީ ޤާނޫނުއަސާސީގެ 262 ވަނަ މާއްދާގައިވާ ގޮތުން، ޤާނޫނުއަސާސީގެ ބައެއް މާއްދާތަކަށް އިސްލާޙު ގެނެވޭނީ ރައްޔިތުންގެ މެދުގައި ނަގާ ފެންނަ ނުފެންނަ ވޯޓަކުން އެ އިސްލާޙަކަށް އަޣުލަބިއްޔަތު ލިބިގެން ކަމަށެވެ. މީގެ ތެރޭގައި މަޖިލީހުގެ ދައުރާ ގުޅޭ 79 ވަނަ މާއްދާ ހިމެނޭތީ، މި ބިލު ތަސްދީޤުކުރެވެން އޮތީ ރައްޔިތުންގެ ރުހުން ލިބިގެން ކަމަށް ބަންޑާރަނައިބުގެ އޮފީހުން ނެރުނު ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
މީގެ އިތުރުން، ބަންޑާރަ ނައިބުގެ އޮފީހުން ބުނީ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓަކަށް އެދޭއިރު އެކަމާ ގުޅޭ ސުވާލުގެ އިބާރާތާއި ސަބަބުތައް ހިމަނައިގެން ރައީސުލްޖުމްހޫރިއްޔާ ޤަރާރެއް ނެރުއްވަންޖެހޭނެ ކަމަށް ޤާނޫނުގައި ބަޔާންކުރާ ކަމަށާއި އެގޮތުގެ މަތިން، ރައީސުލްޖުމްހޫރިއްޔާ މިހާރު ވަނީ މިކަމާ ގުޅޭ ޚާއްޞަ ޤަރާރެއް ނެރުއްވައި، ރައްޔިތުންނާ ކުރިމަތިކުރާނެ ސުވާލު ކަނޑައަޅުއްވާފައި ކަމަށެވެ.
ބަންޑާރަނައިބުގެ އޮފީހުގެ ބަޔާން ނިންމާލަމުން ބުނެފައިވަނީ މިހާރު އެކަށައަޅާފައިވާ ސުވާލަކީ ޤާނޫނުއަސާސީ އާއި ޤާނޫނީ އިޖުރާއަތްތަކާ އެއްގޮތްވާ ގޮތުގެ މަތިން، ރައްޔިތުންގެ ބަސް ސާފުވާނެ ފަދަ ސުވާލެއް ކަމަށެވެ. އަދި މިކަން މި ނޫން ގޮތަކަށް މާނަކުރުމަކީ ދުސްތޫރީ އުޞޫލުތަކާ ފުށުއަރާނެ ކަމެއް ކަމަށްވެސް އެ ބަޔާނުގައި ވަނީ ބުނެފައެވެ.
ފެންނަ ނުފެންނަ ވޯޓުގައި ކުރާނެ ސުވާލަކީ ކޮބައި؟
މި ރެފަރެންޑަމްގައި ރައްޔިތުންނާ ސުވާލުކުރާނީ ގާނޫނުއަސާސީއަށް ހުށަހަޅާފައިވާ އިސްލާހާ ގުޅޭގޮތުންނެވެ. އެ ސުވާލަކީ:
"ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށް ބޭއްވުމަށާއި، މަޖިލީހުގެ ދައުރު ގުނާނެ އުސޫލު ކަނޑައެޅުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ 'ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއަށް 8 ވަނަ އިސްލާހު ގެނައުމުގެ ބިލު' ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރެއްވުމަށް ފެނޭތޯ؟" އެވެ.
މި އިސްލާހަށް ރައްޔިތުންގެ ތާއިދު ލިބިއްޖެނަމަ، 2028 ވަނަ އަހަރުން ފެށިގެން ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު ބާއްވަމުންދާނީ އެކުއެކީގައެވެ. މި ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބާ އެކުއެވެެ.

ކިޔުންތެރިންގެ ހިޔާލު