ހަނަފަސްކަން ކުރިމަތިވެފައިވާ ރަށެއްގައި އުޅުނު ފަގީރު މީހަކު، ވަޅެއް ކޮންނަނިކޮށް ބޮޑު ކަންވާރެއް ފެނުނެވެ. އެ ކަންވާރު ހުޅުވާލި އިރު، އޭގެ ތެރޭގައި ރަނާއި، އަލިމަހާއި، އެކި ބާވަތްތަކުގެ ޖަވާހިރުތަކުން ފުރިފައިވާ އާސާރީ ޚަޒާނާއެއް ހުއްޓެވެ. އަދި އޭގެ ތެރޭގައި ފުލަށް ބަނދެފައިވާ ފުއްސާރު (ފަތްކޮޅެއް) އޮތެވެ.
މި ޚަޒާނާ ފެނުނު ޚަބަރު މުޅި ރަށަށް ފެތުރި، ރަށުގެ މީހުން އެ ވަޅު ކައިރިއަށް އެއްވިއެވެ. އެ ފެނުނު މުއްސަނދިކަމާމެދު އެންމެން ހައިރާންވެފައި ތިބިއިރު، އެ ފަތްކޮޅުގައި ލިޔެފައިވަނީ ކީކޭތޯ ބެލުމުގެ ޝައުގުވެރިކަން އެންމެންގެ ހިތުގައި އުފެދުނެވެ. ނަމަވެސް އެއީ ވަރަށް ގަދީމީ ލިޔުމަކަށް ވުމުން، އެ ކިޔާކަށް އެކަކަށްވެސް ނޭނގުނެވެ. އެންމެ ފަހުން، އާސާރީ ލިޔުންތައް ކިޔަން ދަންނަ ރަށުގެ މުދައްރިސަކު އެތަނަށް ގެނެވުނެވެ.
އެ މުދައްރިސް ފަތްކޮޅު ހުޅުވާލުމަށްފަހު، އެންމެންނަށް އިވޭނޭހެން ބާރަށް ކިޔައިދޭން ފެށިއެވެ.
"އަހަންނަކީ މި ބިމުގެ ރަސްގެފާނެވެ. އަހަރެން މި ލިޔުން މި ދޫކޮށްލަނީ އަހަރެންގެ ފަހުން އަންނާނޭ މީހުންނަށް ދޭ އިންޒާރެއްގެ ގޮތުގައެވެ. އަހަރެންގެ މި ބިމަކީ އެއްދުވަސްވަރެއްގައި ވަރަށް ތަނަވަސް، ވާރޭ ވެހި ގޮވާންތައް އިންތިހާއަށް އިތުރުވެފައިވާ ބިމެކެވެ. އަހަރެންގެ ވިޔަފާރިވެރިން ދުނިޔޭގެ ކަންކޮޅުތަކަށް ދަތުރުކޮށް، އަހަރެމެންގެ މުދާ ވިއްކައިގެން ގިނަ އަދަދެއްގެ ރަނާއި ޖަވާހިރު ގެނައެވެ.
އެހެންނަމަވެސް، ވާރޭ ހުއްޓުނެވެ. އަދި ތަކުރާރުކޮށް ވާރޭ ނުވެހި ދިއުމުގެ ސަބަބުން، ބަގީޗާއެއް ފަދަ އަހަރެންގެ ރީތި ބިންގަނޑު ހިރަފުހަށް ވެގެން ދިޔައެވެ. ގޮވާންތައް ހުސްވެ، ރައްޔިތުން ކާނެ އެއްޗެއް ނެތި ބަނޑަށް ޖެހުނެވެ. އެމީހުން އަހަރެންގެ ގާތަށް އައިސް ކާބޯތަކެތި ހޯދައިދިނުމަށް އެދި އާދޭސްކުރިއެވެ.
އަހަރެން ވަޒީރުންނަށް ގޮވައި، ރަން ދަބަސްތައް ދިނުމަށްފަހު، ކޮންމެ ތަނަކުން ނަމަވެސް ކާބޯތަކެތި ގަނެގެން ގެނައުމަށް އަމުރުކުރީމެވެ. އެތައް ދުވަހެއް ވަންދެން ހޯދުމަށްފަހު، އެމީހުން އެނބުރި އައީ ހުސްއަތާއެވެ. އެއްވެސް ތަނަކުން ގަންނާނެ ކާބޯތަކެތި ނެތްކަމުގެ ޚަބަރާއެކުގައެވެ.
އެއަށްފަހު، އަހަރެންގެ ޚަޒާނާ ހުޅުވައި، މިފަހަރު ޖަވާހިރުން ފުރިފައިވާ ވަށިގަނޑުތައް ވަޒީރުންނާ ހަވާލުކުރީމެވެ. ކޮންމެ އަގެއް ދީފައިވެސް ކާނާ ހޯދުމަށް އަމުރުކުރީމެވެ. އެމީހުން އަސްތަކުގައި ދުރު ހިސާބުތަކަށް ދަތުރުކުރިއެވެ. ނަމަވެސް އެމީހުން އެނބުރި އައީ ހުސްއަތާއެވެ. މުޅި ގައުމުގައި ވެސް ކާނާގެ ތިއްކެއްހާ މިންވަރުވެސް ނެތެވެ.
ގަނޑުވަރުގެ ގުދަންތައް ވެސް ހުސްވެ، އަހަރެންގެ އާއިލާއަށް ވެސް ރައްޔިތުންނަށް ޖެހުނު ބަނޑުހައިހޫނުކަމުގެ ވޭން ތަހައްމަލު ކުރަން ޖެހުނެވެ. ފެން ހުސްވެ، އަހަރެމެން ކަރުހިއްކައިގަތެވެ. އަހަރެންގެ ޚާދިމުން އަހަންނަށް ހަމްދަރުދީވެ، ވަލުތެރޭގެ ކޮންމެ ދިމާއެއް ބަލައި ފެން ހޯދަން މަސައްކަތްކުރިއެވެ. އެންމެ ފަހުން، އޭގެ ތެރެއިން އެކަކު ހިލައެއްގެ ދަށުން ފެނުނު ކުޑަ ކިލަނބު ފެންފޮދެއް ހިފައިގެން އައެވެ. އެ ފެން ބުއިމުގެ ސަބަބުން އަހަރެން ބަލިވެ، މިހާރު މިވަނީ މަރުގެ ތުންފަތްމަތީގައެވެ.
އަހަރެންގެ މި ވާހަކަ ފުއްސާރުގައި ލިޔެ، އަހަރެންގެ ޚަޒާނާއާ އެކު މި ކަންވާރުގައި ބޭއްވުމަށް އަމުރުކުރީމެވެ. އެއީ ފަހުން އަންނާނޭ ޖީލުތަކަށް އަހަރެންގެ މި ތަޖުރިބާއިން އިބުރަތެއް ހާސިލުވުމަށެވެ. ކާބޯތަކެއްޗަކީ މާތްﷲ ދެއްވާ ނިއުމަތެކެވެ. އެއީ ހަމައެކަނި އެކަލާނގެ ހަޟުރަތުން ދެއްވާ އެއްޗެކެވެ. ދުނިޔޭގެ ހުރިހާ ޚަޒާނާއެއް އެއްކުރިޔަސް، އެންމެ ގޮދަން އޮށެއް ވެސް ފަޅުވައެއް ނުލެވޭނެއެވެ. އެކަލާނގެ ދެއްވި ނިއުމަތްތަކަށް ހޭލުންތެރިވެ، ލިބޭ ކޮންމެ ގޮދަން އޮށަކަށް ވެސް ޝުކުރުވެރިވާށެވެ. އެކަލާނގެ ރީތި އިސްމުފުޅު ކިޔައި، އެކަލާނގެ ބަރަކާތަށް އެދިގެން މެނުވީ އެއްވެސް އެއްޗެއް ނުކާށެވެ. ... ބިސްމިﷲ އިރްރަޙްމާނި އިރްރަޙީމް (ރަޙްމާންވަންތަ ރަޙީމްވަންތަ ﷲގެ އިސްމުފުޅުން ފަށަމެވެ)."
ޢިބުރަތުން ފުރިގެންވާ މިވާހަކައަކީ ތުރުކީވިލާތުގެ ޝައިޚް ނާޒިމް އަލްޙައްޤާނީ އަލްޤިބްރިސީގެ ސުހުބަތްތަކުން ނަގާފައިވާ އިބުރަތްތެރި ވާހަކައެކެވެ.

ކިޔުންތެރިންގެ ހިޔާލު