މާލޭގެ އިއްޒުއްދީން މަގުގައި ހުރި ގުދަނެއްގައި މިރޭ ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
މި ހާދިސާއާ ގުޅިގެން އެމްއެންޑީއެފުން މިރޭ ބުނީ މ. ތޮޢިބާ މިސްކިތް ކައިރީގައި ހުރި އެ ގުދަނުގައި ރޯވި އަލިފާން ނިއްވުމުގެ މަސައްކަތުގައި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން މިހާރު ހަރަކާތްތެރިވަމުންދާ ކަމަށެވެ. މި ހާދިސާ ހިނގާފައިވަނީ މިރޭ 21:30 އެހާކަންހާއިރުއެވެ.
މި ހާދިސާއާ ގުޅިގެން ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވެސް ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ. މިހާތަނަށް ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު، މި ހާދިސާގައި އެއްވެސް މީހަކަށް ޖިސްމާނީ އަނިޔާއެއް ލިބިފައިވާ ކަމުގެ ރިޕޯޓެއް އަދި ލިބިފައެއް ނުވެއެވެ. އަދި މި ހާދިސާގެ އިތުރު ތަފްސީލުތައް ކަމާބެހޭ އިދާރާތަކުން އަދި ހާމައެއް ނުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު