މާލޭގައި 66 އަހަރުގެ ދިވެހި އަންހެނެއްގެ އަތުން ފޭރުނު މީހަކު މިރޭ ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ ޚިދުމަތުން މިރޭ ބުނީ މިރިޔަސް މަގުން ހިނގާފައި ދިޔަ އުމުރުން ދުވަސްވީ އަންހެނެއްގެ އަތުން ފޭރުނު މީހަކު އާންމުންގެ ބަޔަކު ހިފެހެއްޓިކަމުގެ މައުލޫމާތު މިރޭ 20:30 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
މި ހާދިސާ ފެނުނު މީހަކު "ރަސްއޮންލައިން" އަށް މައުލޫމާތު ދެމުން ބުނި ގޮތުގައި، އުމުރުން ދުވަސްވީ އަންހެނަކު މަގުމަތިން ހިނގާފައި ދަނިކޮށް އޭނާ ހިފަހައްޓައި ބިންމައްޗަށް ވައްޓާލުމަށްފަހު، ފޯނާއި އެހެނިހެން ސާމާނުތައް ފޭރިގަނެގެން ފިލަން މަސައްކަތްކުރި މީހަކު އާންމުންގެ ބަޔަކު ހިފެެހެއްޓީއެވެ.
މި މައްސަލައާ ގުޅިގެން ދިވެހި ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ފުލުހުން ބުނެއެވެ. މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން ދުވަސްވީ މީހެކެވެ.
މިމައްސަލައިގައި ހައްޔަރުކުރި މީހާގެ ވަނަވަރެއް އުމުރެއް ފުލުހުން ހާމަކޮށްފައެއް ނުވެއެެވެ.

ކިޔުންތެރިންގެ ހިޔާލު