ހއ. އުތީމު
ހއ. އުތީމު
ހއ. އުތީމުގައި އުފަންވިތާ އެންމެ ނުވަ ދުވަސްވީ ތުއްތު ކުއްޖަކު ކުއްލި ގޮތަކަށް މަރުވި މައްސަލައެއް ދިވެހި ފުލުހުންގެ ހިދުމަތުން ތަހުގީގު ކުރަން ފަށައިފިއެވެ.

ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ، އުތީމުގައި އުމުރުން ނުވަ ދުވަސްވީ ތުއްތު ކުއްޖަކު އެ ރަށު ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް މަރުވެފައިވާ މައްސަލައެއް ފުލުހުންނަށް މިދިޔަ ބުދަ ދުވަހު ރިޕޯޓު ކޮށްފައިވާކަމަށެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށްޓަކައި ފުލުހުން ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ. ފުލުހުން ބުނި ގޮތުގައި މި މައްސަލަ ރިޕޯޓުކޮށްފައިވަނީ އުތީމު ސިއްހީ މަރުކަޒުގެ ފަރާތުންނެވެ.

މި ހާދިސާއާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު