މާލެ ކައިރީގައި މިއަދު ހެނދުނު އެމް.ޕީ.އެލްގެ ޓަގު ބޯޓަކާއި ލޯންޗެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.
ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، މި ހާދިސާ ހިނގި ކަމުގެ ރިޕޯޓު ލިބިފައިވަނީ މިއަދު ހެނދުނު 10:39 އެހާއިރުއެވެ. މިއެކްސިޑެންޓްގައި ގެއްލުން ވެފައިވަނީ ތ. އަތޮޅާއި މާލެއާ ދެމެދު ދަތުރުކުރާ ދ. މީދޫގެ "މަހުމާ އެކްސްޕްރެސް" ނަމަކަށް ކިޔާ ލޯންޗަކަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، މި އެކްސިޑެންޓް ހިނގީ ތ. އަތޮޅުން މާލެއަށް މީހުން ގޮވައިގެން އައި އެ ލޯންޗު، މާލެއަށް މީހުން ބޭލުމަށްފަހު ތެޔޮ އެޅުމަށްޓަކައި ޕެޓްރޯލް ޝެޑާ ދިމާލަށް ދަތުރުކުރަނިކޮށެވެ.
މި ހާދިސާގައި ލޯންޗުގެ ކެޕްޓަނަށް އެކިވަރުގެ އަނިޔާ ލިބިފައިވާއިރު، އޭނާއަށް މިހާރު ދަނީ އައިޖީއެމްއެޗްގައި ފަރުވާ ދެމުންނެވެ. ނަމަވެސް ކެޕްޓަނަށް ލިބުނު އަނިޔާތައް އެހާ ސީރިއަސް ނޫންކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
މި އެކްސިޑެންޓްގައި "މަހުމާ އެކްސްޕްރެސް" ލޯންޗަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ.
ފުލުހުން މިހާރު ގެންދަނީ މި އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބު އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު