ކުރުމުއްދަތެއްގެ ތެރޭގައި ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގެ ޢަމަލީ މަސައްކަތްތައް ރަސްމީކޮށް ފެށިގެން ދިއުމަކީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހޯދި ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް އެ ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
"ބީއެމްއެލް އެފޯޑަބަލް ހައުސިން" މަޝްރޫއުގެ ދަށުން 1،224 ޔުނިޓުގެ ޢަމަލީ މަސައްކަތް ފެށުމަށް މިރޭ ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝަރީފް ވިދާޅުވީ، މިއީ ވަރުގަދަ ސިޔާސަތުތަކަކާއި، ހަރުދަނާ ލީޑަޝިޕަކާއެކު ގުޅިގެން މަސައްކަތް ކުރުމުގެ ނަތީޖާ ކަމަށެވެ.
ޝަރީފް ވިދާޅުވިގޮތުގައި ބޯހިޔާވަހިކަމުގެ މިފަދަ ބޮޑު މަސައްކަތެއްގައި ބޭންކުން ބައިވެރިވާން ނިންމި ނިންމުމަކީ ހަމައެކަނި މަންފާއެއް ހޯދުމަށް ކުރާ މަސައްކަތެއް ނޫނެވެ. އޭގެ ބަދަލުގައި މިއީ ރާއްޖޭގައި އޮތް އެންމެ ބޮޑު އިޖުތިމާއީ މައްސަލަ ކަމަށްވާ ބޯހިޔާވަހިކަމުގެ ދަތިކަން ޙައްލުކުރުމުގައި ބޭންކުގެ ޙިއްސާ އިތުރުކުރުމަށް ކުރާ މަސައްކަތެއް ކަމަށް އޭނާ ވިދާޅުވިއެވެ.
މި މަޝްރޫޢާ ގުޅޭގޮތުން އިތުރަށް ވާހަކަދައްކަވަމުން ސީއީއޯ ވިދާޅުވީ، މިއީ "ލީސް ޓު އޯން" މޮޑެލްއަށް ބޭންކް މެދުވެރިކޮށް ހިންގާ ފުރަތަމަ މަޝްރޫޢު ކަމަށެވެ.
"މިއީ އެއްފަހަރާ ބޮޑު އަދަދަކުން ފައިސާ ދައްކަން ނުޖެހި، އާއިލާތަކަށް ފަސޭހައިން އަދާކުރެވޭ ހެޔޮ އަގެއްގައި މަހުން މަހަށް ފައިސާ ދައްކަން ޖެހޭގޮތަށް ގެންދާ މަސައްކަތެއް،" ޝަރީފް ވިދާޅުވިއެވެ.
ބޯހިޔާވަހިކަމުގެ ދާއިރާއިން ބީއެމްއެލްއިން ފޯރުކޮށްދޭ އެހީތަކަށް އަލިއަޅުއްވާލައްވަމުން ޝަރީފް ވިދާޅުވީ، ސަރުކާރުން ކުރިއަށްގެންދާ "ހިޔާވެހި" ސްކީމްގެ ދަށުން ދޫކުރާ މާލީ އެހީގައި، އިކުއިޓީގެ ގޮތުގައި ދައްކަންޖެހޭ އިންސައްތަ %20 އިން %5 އަށް މިހާރު ކުޑަކޮށްފައިވާ ކަމަށެވެ. މި ސްކީމްގެ ދަށުން ވަކިވަކި ފަރުދުންނަށް 3 މިލިއަން ރުފިޔާއާ ހަމައަށް ލުއި ލޯނު ދޫކުރާއިރު، މިހާތަނަށް ޖުމްލަ 2.1 ބިލިއަން ރުފިޔާ ދޫކޮށްފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
ބީއެމްއެލްގެ ސަބްސިޑަރީ ކުންފުނި މެދުވެރިކޮށް ޖުމްލަ 3،260 ހައުސިން ޔުނިޓް ތަރައްޤީ ކުރުމުގެ ބޮޑު މަޝްރޫޢެއްގެ މަސައްކަތް މިހާރު ވަނީ ފަށާފައެެވެ.

ކިޔުންތެރިންގެ ހިޔާލު