ރާއްޖޭގައި މިހާތަނަށް މަނާކޮށްފައި އޮތް ސްޕިއާ ފިޝިންއަށް (ބަޑިޖަހައިގެން މަސްހިފުން) ކުރިއަށް އޮތް ތަނުގައި ހުއްދަ ދޭން ނިންމާފައިވާ ކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤް އިބްރާހިމް މިއަދު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ވަޒީރު ޠާރިޤް ވިދާޅުވީ، ރާއްޖޭގައި ސްޕޯޓްސް ފިޝިންގެ ތެރޭގައި ހިމެނޭ ސްޕިއާ ފިޝިންއަށް ލަސްތަކެއް ނުވެ ހުއްދަ ދޭނެ ކަމަށެވެ. އަދި ސްޕޯޓްސް ފިޝިން އާއި ބިގް ގޭމް ފިޝިން ރެގިއުލޭޓްކޮށް، ފޯކަސް ކުރެވިގެން ސީދާ އެކަމަށް މަސައްކަތް ކުރެވޭނެ އިންތިޒާމްތައް ވަރަށް އަވަހަށް ހަމަޖެހިގެންދާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
މި ސިނާއަތުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، ބިގް ގޭމް ފިޝިން އާއި ސްޕޯޓްސް ފިޝިން އަކީ ދުނިޔޭގެ ބާޒާރުގައި ގާތްގަނޑަކަށް 7.2 ބިލިއަން ޑޮލަރުގެ ބޮޑު މާކެޓެއް އޮތް ދާއިރާއެއް ކަމަށެވެ.
"ވަރަށް އަވަހަށް ޓެކްނިކަލް އެންޑް ރެކްރިއޭޝަނަލް ޑައިވިންއަށް ހުޅުވާލާނެ. އަދި ރެކްރިއޭޝަނަލް ޑައިވިންއަށް ހުޅުވާލެވުނީމަ 40 މީޓަރަށް ނޫނީ އެއަށްވުރެ ދަށަށް ޑައިވް ކުރެވޭ ގޮތަށް ވެގެން ދާނެ." ވަޒީރު ޠާރިޤް ވިދާޅުވިއެވެ.
ހަމައެއާއެކު ވަޒީރު ފާހަގަކުރެއްވީ ރެކްރިއޭޝަނަލް ޑައިވިން އަކީވެސް ދުނިޔޭގައި 5.2 ބިލިއަން ޑޮލަރުގެ މާކެޓެއް އޮތް ކަމެއް ކަމަށެވެ. އަދި މިކަމާ ގުޅޭ ޓެކްނިކަލް ނިންމުންތައް ނިންމުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
މީގެ އިތުރުން، ރާއްޖެ އަންނަ ސުޕަ ޔޮޓްތަކާއި ޗާޓާ ޓޫރިޒަމް މިހާރު އޮތީ އެންމެ އެދެވޭ ގޮތެއްގައި އިންތިޒާމްވެފައި ނޫންކަން ފާހަގަކުރައްވައި، އެކަންކަން ސްޓްރީމްލައިންކޮށްގެން ކުރެވޭނެ ގޮތްތަކެއް ހޯދަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ފަތުރުވެރިކަމުގެ ދާއިރާ އިތުރަށް ފުޅާކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން، ރާއްޖޭގައި ހަލާލް ޓޫރިޒަމް ތަރައްގީ ކުރުމާއި، އެޑިއުކޭޝަން އެންޑް ރީސާޗް ޓޫރިޒަމް ކުރިއެރުވުމަށްވެސް ސަރުކާރުން ހާއްސަ އިސްކަމެއް ދީގެން މަސައްކަތް ކުރަމުންދާ ކަމަށް ވަޒީރު ޠާރިޤް މިއަދުގެ ބައްދަލުވުމުގައި ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު