ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ރާއްޖެއަށް އެތެރެކުރަން އުޅުނު 11 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އަތުލައިގެންފިއެވެ.
ކަސްޓަމްސްއިން މިއަދު ބުނީ މި ތަކެތި އަތުލައިގަނެފައިވަނީ މި ހިނގާ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހު ކަމަށެވެ. މި އޮޕަރޭޝަނުގައި އަތުލައިގަތް މަސްތުވާތަކެތީގެ ތެރޭގައި ހިމެނެނީ ކެނަބިސް ފަތާއި ހަޝިޝް އޮއިލް ކަމަށް އެ އިދާރާއިން މައުލޫމާތު ދެއެވެ.
މިކަމުގެ ތަފްސީލް ހާމަކުރަމުން ކަސްޓަމްސްއިން ބުނެފައިވަނީ، އަތުލައިގަތް ތަކެތީގެ ތެރޭގައި 5،370 ގްރާމްގެ ކެނަބިސް ފަތާއި 6،590 ގްރާމްގެ ހަޝިޝް އޮއިލް ހިމެނޭ ކަމަށެވެ. މިއީ ޖުމްލަ 11.9 ކިލޯގެ މަސްތުވާތަކެއްޗެވެ.
މި ތަކެތީގެ މަގުމަތީ އަގު 9.6 މިލިއަން ރުފިޔާއަށްވުރެ މަތިވާނެ ކަމަށް ކަސްޓަމްސްއިން ލަފާކުރެއެވެ. ނަމަވެސް، މި މައްސަލައާ ގުޅިގެން އެއްވެސް މީހަކު ހައްޔަރުކޮށްފައިވާ ކަމެއް ނުވަތަ މި ތަކެތި ގެނައީ ކޮން ގައުމަކުން ކަމެއް ކަސްޓަމްސްއިން އަދި ހާމައެއް ނުކުރެއެވެ.
ކަސްޓަމްސުން ބުނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރުމަށްޓަކައި، އަތުލައިގަތް މަސްތުވާތަކެތި މިހާރު ވަނީ ފުލުހުންނާ ހަވާލުކުރެވިފައި ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު