ރިޒޯޓުތަކާއި ސަފާރީތަކުން އެހެން ރަށްރަށާއި ދެމެދު ދަތުރުކުރުމުގެ ހުއްދަ އެޗްޕީއޭއިންދީފިއެވެ.
އެޗްޕީއޭއިން ނެރެފައިވާ އެންގެވުމެއްގައި ވަނީ ދިވެހި ރާއްޖޭގައި ފަތުރުވެރިން ރާއްޖެ އެތެރެވުމަށް ދޭ އޮންއެރައިވަލް ވިސާ މިދިޔަ މަހުގެ 27 ވަނަ ދުވަހު ހުއްޓާލުމާއި ގުޅިގެން ހާލަތަށް ބަލައި ރިޒޯޓްތަކާއި ސަފާރީތަކުން އެހެން ރަށްރަށާއި ދެމެދު ވަކި ގޮތެއް އަންގަންދެން ދަތުރުކުރުމަށް ހުއްދަދީފައިވާ ކަމަށެވެ.
ރިޒޯޓްތަކުގެ މުއައްޒަފުން މިހާރުވެސް ރިސޯޓުން ފައިބަނީ އެންމެ ފަހު ފަތުރުވެރިޔާ ރިޒޯޓުން ފުރާތާ 14 ދުވަސް ފަހުންނެވެ.
ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގައި އަޅާފައިވާ ހަރުދަނާ ފިޔަވަޅުތަކަށް ކޮންމެވެސް ވަރެއްގެ ދުލެއް ދިނުމަށް ނިންމީ ރާއްޖޭގެ މުޖުތަޢުގެ ތެރޭގައި ނުވަތަ ކޮމިއުނިޓީގެ ތެރޭގައި ބަލި ފެތުރެމުންދާކަން ފާހަގަ ކުރެވިފައި ނުވާތީއެވެ.
ރާއްޖޭގެ ވައިގެ ބަނދަރު ބަންދުކޮށް އޮން އެރައިވަލް ވިސާ ދިނުން މެދުކަނޑާލި ފަހުން ރާއްޖެއަށް ހަމައެކަނި އެތެރެވެފައިވަނީ ބޭރު ޤައުމުތަކުގައި ތިބި ބައެއް ދިވެހީންނެވެ. ބޭރު ޤައުމުތަކުން އަންނަ ހުރިހާ ދިވެހީންވެސް ގެންދަނީ 14 ދުވަހުގެ ކަރަންޓީނަށެވެ.
މިހާތަނަށް ރާއްޖެއިން ޖުމްލަ 19 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާއިރު މިބަލިން މިހާތަނަށް މުޅިން ރަނގަޅުވެފައިވަނީ 13 ބިދޭސީންނެވެ. އަދި މިހާރު ރާއްޖޭގައި ފަރުވާ ދެމުންދަނީ އިނގިރޭސިވިލާތުން ރާއްޖެ އައި ފަހުން ބައްޔަށް ޕޮޒިޓިވްވި ހަތަރު ދިވެހިންނަށެވެ. ރާއްޖެއިން ޕޮޒިޓިވް ވެފައިވާ 19 މީހުންގެ ތެރޭގައި ރާއްޖެއިން ފުރި ފަހުން ޕޮޒިޓިވްވެފައިވާ އިޓަލީގެ ދެ ފަތުރުވެރިން ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު