އޭޕްރީލް 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ "ނުބައި ރޭވުންތައް" ފެއިލްކޮށްލުމަށް ލިބޭ ރަނގަޅު ފުރުސަތެއް ކަމަށް ވިދާޅުވެ، ޕީއެންއެފްގެ ސެކްރެޓަރީ ޖެނެރަލް މުޙައްމަދު މަލީޙް ޖަމާލް ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
މަލީޙް ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ އެ ދުވަހަކީ ރައްޔިތުން ނިކުމެ ބޯކޮށް ވޯޓު އަޅައި، ވޯޓު ފޮށިތައް ފުރާލަންޖެހޭ ދުވަހެއް ކަމަށާއި، މިއީ އެއްވެސް ހާލެއްގައި ސަމާސާ ވޯޓެއް ނޫން ކަމަށެވެ. އަދި ކޮންމެ ރައްޔިތަކުވެސް ވޯޓުލާން ދިއުމަކީ ގައުމީ މަސްލަހަތަށްޓަކައި ކޮންމެހެންވެސް މުހިންމު ކަމެއް ކަމުގައި އޭނާ ފާހަގަކުރެއްވިއެވެ.
ސަރުކާރުގެ ނިޔަތާ މެދު ސުވާލު އުފައްދަވަމުން މަލީޙް ތުހުމަތު ކުރެއްވި ގޮތުގައި، ރައީސް މުއިއްޒު ބޭނުންފުޅުވަނީ ވީހާވެސް މަދު ބަޔަކު ވޯޓުލާން ނިކުތުމަށެވެ.
މިގޮތުން ރާއްޖޭން ބޭރުގެ ގައުމުތަކުގައި ވޯޓު ފޮށި ނުބެހެއްޓުމަށް ނިންމި ނިންމުމަކީވެސް، ވޯޓުލާ މީހުންގެ އަދަދު މަދުކޮށް އިންތިޚާބުގެ ނަތީޖާއަށް ނުފޫޒު ފޯރުވުމަށް ސަރުކާރުން ހިންގާ އުކުޅެއް ކަމަށް އޭނާ ވިދާޅުވިއެވެ. މަލީޙް އިތުރަށް ވިދާޅުވީ، ސަރުކާރުން މަސައްކަތް ކުރަނީ ރައްޔިތުންގެ ބާރު ކަނޑުވާލުމަށް ކަމަށާއި އެކަމަށް ފުރުސަތު ދީގެން ނުވާނެ ކަމަށެވެ.
އޭޕްރީލް 4 ގައި ބާއްވާ މި ވޯޓަކީ ލޯކަލް ކައުންސިލް އިންތިޚާބުގެ އިތުރުން، ދައުލަތުގެ ޚަރަދު ކުޑަކުރުމުގެ ނަމުގައި ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއް ދުވަހަކު ބޭއްވުމަށް ގާނޫނުއަސާސީއަށް ގެންނަން ހުށަހަޅާފައިވާ އިސްލާހާ މެދު ރައްޔިތުންގެ ގޮތް ނިންމުމަށް ބާއްވާ ރިފަރެންޑަމްއެކެވެ.
އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި، މި ބަދަލަކީ ސަރުކާރުން ބާރުތައް މުށުތެރެއަށްލާން ކުރާ މަސައްކަތެކެވެ. އެހެންކަމުން، ގައުމުގެ މުސްތަގުބަލަށްޓަކައި ހުރިހާ ރައްޔިތުންވެސް މި ވޯޓުގައި ބައިވެރިވެ ނޫނެކޭ ބުނުމަށް މަލީޙް ވަނީ ގޮވާލައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު